

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމްއަކީ ކަމެއް ނުދަންނަ ނަމަވެސް ހުރިޙާކަމެއްވެސް ދަންނަ ކަމަށް ހެދިގެން އުޅޭ ދެ ރޯނު އެދުރުންގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ.
ޕީއެންއެފުން ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޑރ ޖަމީލު ވަނީ ދާދި ފަހުން ރައީސް މުއިއްޒު ތަސްދީގުކުރައްވާ ގާނޫނަކަށް ހެދި މީޑޔާ ރެފިއުލޭޝަން ގާނޫނު ފާސްކުރި ކުރުމާ ގުޅިގެން ނުުރުހުން އަމާޒުކުރައްވާފައެވެ.
ޑރ ޖަމީލު ވިދާޅުވީ، މީޑިޔާތައް ރެގިއުލޭޓުކުރާ ވާހަކަ އެންމެ ބާރަށް ދައްކަވާ އެއް ބޭފުޅަކީ މަޖިލިސް ނައިބު ރައީސް ނާޒިމް ކަމަށާ އަނެއް ބޭފުޅަކީ ރައީސް މުއިއްޒު ކަމަށެވެ. ދެ ބޭފުޅުންނަކީ ސިވިލް އިންޖިނޭރުންކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ އެހެންކަމުން ސިވިލް އިންޖިނޭރުންތަކެއް ނުކުމެ މީޑިޔާގެ ކަންކަމުގައި ބަސްބުނުމުން ގަބޫލުކުރެވޭނެ އުސޫލެއް ނެތް ކަމަށެވެ.
ޑރ ޖަމީލު ވިދާޅުވީ ނެތް ހިލްމެއް އިލްމެއްގެ ވާހަކަ ނުކުމެ އެހެންމީހުންނަށް ކިޔައިދެނީ ރޯނު އެދުރުން ކަމަށާ ރައީސް މުއިއްޒާ ނާޒިމްއަކީ އޭގެ ދެ މީހުން ކަމަށެވެ.
ނާޒިމް އާ މުއިއްޒުއަކީ ފްރީޑޮމް ސްޕީޗާ ފްރީޑޮމް އޮފް އެސެމްބްލީގެ ދާއިރާގައި ބަސްބުނެވޭނެ ފެންވަރުގެ ބައެއް ނޫން. ދެ މީހުންނަކީ ވެސް ދެ އިންޖިނޭރުން. ދެން މި މީހުން ސިމެންތި ގަށާ ތަންތަން އަޅާ ވާހަކަ ދައްކާނަމަވެސް އަޅުގަޑުމެންނަށް ގަބޫލުކުރެވުނީސް. އެކަމު މީޑިޔާގެ ވާހަކަ މި ދައްކަނީ އޭގެ ކަންކަން އެނގި ތިބެއެއް ނޫން މި ދެމީހުންވެސް
ޑރ ޖަމީލު ވިދާޅުވީ، މީޑިޔާ ރެގިއުލޭޓުކުރުމުގެ ނަމުގައި އުޅެނީ، ޗެނަލް 13 އާ ރައީސް ޔާމީންވެސް ދައުލަތުގެ ކޮރަޕްޝަންގެ ވާހަކަ ދައްކާތީ އެކަންކަން ހުއްޓުވުމަށް ކަމަށެވެ.