theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް ވަނީގާނޫނު އަނބުރާ ގެންދަން ގޮވާލާފައި / ސޯޝަލް މީޑިއާ
ހަބަރު
ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ، މީޑިޔާ ގާނޫނު ޚިލާފު، އަނބުރާ ގެންދަން ޖެހޭ: އދ
Mariyam Isaadha
މަރިޔަމް އިސާދާ
25 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާ ގާނޫނަށް ހެދި މިނިވަން ޚިޔާލާ ފިކުރު ތަޅު އަޅުވާ ބިލަކީ، ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ޚިލާފު ކަމަށާ އެހެން ކަމުން އެ އެ ގާނޫނު އަނބުރާ ގެންދަން ޖެހޭ ކަމަށް އދ އިން ބުނެފިއެވެ.

އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް، ވޮލްކާ ޓާކްއާ ހަވާލާދީ، އެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނަކީ ހިޔާލު ފާޅުކުރުމާއި މީޑިއާގެ މިނިވަންކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނަކީ، ދިވެހިރާއްޖެއިން އެއްބަސްވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފު އުސޫލުތަކެއް ގާއިމުކޮށް، މީޑިއާގެ ކޮންޓެންޓްތަކާއި، ނޫސްވެރިންނާއި، މީޑިއާގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ދަތިތައް ކުރިމަތިކުރުވާނެ ގާނޫނެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެއެވެ.

އދ.ގެ އިންސާނީ ހަގުތަކާ ބެހޭ ސަފީރު ވޮލްކާ ޓާކް މި ގާނޫނު އަނބުރާ ގެންދިޔުމަށް ގޮވާލައްވާ ކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ގާނޫނު އަނބުރާ ގެންދިޔުމަށް ފަހު، ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ގާނޫނެއް އެކުލަވާލުމަށް އެ އޮފީހުގެ އެހީތެރިކަން ލިބެނޭކަން ފާހަގަކުރެއްވިއެވެ.

ބަޔާނުގައި އިތުރަށް ފާހަގަކުރި ގޮތުގައި މި ގާނޫނު ވުޖޫދު މިވީ ފާއިތުވީ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމަށް އޮންނަ ޗެކް އެންޑް ބެލެންސް ނިޒާމު ކަންބޮޑުވާ މިންވަރަށް ހީނަރުކޮށްފައި ވަނިކޮށެވެ. އަދި މިނިވަން، ތަފާތު ގިނަ މީޑިއާތައް އޮތުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ބޭނުންތެރި އަދި ޑިމޮކްރެޓިކް މުޖުތަމައުގެ އަސާސެއް ކަމަށް ބަޔާނުގައި ފާހަގަކުރިއެވެ.

އދ. ގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި އިނގިރޭސިވިލާތުން ވެސް ވަނީ އެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)، އަދި، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް މި ގާނޫނު އަނބުރާ ގެންދިޔުމަށް ގޮވާލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved