

މިނިވަން މީޑީޔާ ނެތިކޮށްލެވޭނެހެން ސަރުކާރުން މަޖިލީހަށް ފޮނުވާ ފާސްކޮށް ތަސްދީގުކުރީ ގާނޫނާ ޚިލާފު ބިލެއް ކަމަށާ އެ ބިލަށް ތާއީދު ނުކުރާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ހާމަކޮށްފިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު މީޑިޔާ މިނިވަންކަން ކަފުން ވަޅުލާ ބިލު ތަސްދީގުކުރުމާ އެކު އެމްޖޭއޭއިން ނެރުނު ބަޔާނެއް ގައި ބުނެފައިވަނީ، އެތައް ނޫސްވެރިންގެ ކަންބޮޑުވުންތައް އޮއްވާ ރައީސް މި ބިލު ތަސްދީގުކުރެއްވުން ކުށްވެރިކުރާ ކަމަށެވެ. އަދި، މި ގާނޫނާ އެކު ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ އަސާސީ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އާ ގާނޫނާއެކު އުފައްދާ ކޮމިޝަނަކީ ސިޔާސީ ނުފޫޒު ވަންނަ ގޮތަށް އޮތް ކޮމިޝަނެއްކަން ފާހަގަކޮށް އެމްޖޭއޭއިން ބުނީ، މި ބިލާ އެކު ވެބްސައިޓުތައް ބްލޮކްކުރުމާއި، ބްރޯޑްކާސްޓަރުންގެ ލައިސަންސް ބާތިލުކުރުމުގެ އިތުރުން ބޮޑެތި ޖޫރިމަނާތައް ކުރުމުގެ ފުރުސަތު ހުޅުވިފައި އޮތް ކަމަށެވެ
މިއީ ނޫސްވެރިންނަށް ބިރުދައްކައި ސެލްފް ސެންސަޝިޕަކަށް ދިޔުމަށް މަޖުބޫރު ކުރުމަށް ތަސްދީގު ކުރި ގާނޫނެއް ކަމަށް އެމްޖޭއިން ބުނެ އެވެ. ނަމަވެސް، ބިރު ނުދެއްކޭނެ ކަމަށް ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާއިން ބުންޏެވެ.
މި ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނެއް ކަމަށާއި ހުރިހާ ގޮތަކުން އެ ގާނޫނާ ޗެލެންޖު ކުރުމަށް ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކާ މަޝްވަރާ ކުރަމުންދާ ކަމަށް އެމްޖޭއިން ބުންޏެވެ.
151 ނޫސްވެރިއަކާ 41 މީޑިޔާއަކުން ވަނީ ރައީސް މުއިއްޒަށް ބިލާ ގުޅޭ ގޮތުން ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އަދި ބައިނަލްއަގްވާމީ 22 ޖަމްއިއްޔާއަކުން މި ބިލު ބޭރުކުރުމަސް ގޮވާލާފައިވެއެވެ.