

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ފުރަތަމަ ނަގަންވީ މިވެރިކަން ބާއްވަން ފެނޭތޯ ކަމަށާއި އެކަން ފުރަތަމަ ކުރަން ޖެހޭ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ބުނެފިއެވެ.
އެމްޑީޕީން ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒް ބުނީ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އިތުރު ވޯޓަކަށް ދާންވާނީ މި ވެރިކަން ދެމެހެއްޓުމާމެދު ރައްޔިތުންގެ ވޯޓަކަށް ދިއުމަށް ފަހުގައި ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި ކޮންމެ ވާހަކައެއް ކޮންމެ ވައުދެއް ބޮލާ ޖަހައި އެއާ މުޅިން ޚިލާފަށް އަމަލުކުރައްވައިފި ކަމަށް ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ މިއީ ދިވެހި ރައްޔިތުން ދަންނާނެ ހަގީގަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ރެފްރެންޑަމް ބިލު އުސޫލުތަކާ ޚިލާފަށް މަޖިލީހުން ފާސް ކުރައްވައި ރައީސް މުއިއްޒު ގެޒެޓުކުރައްވައިގެން އެންމެ ފުރަތަމަ އަޅެ ކެރިވަޑައިގަންނަވަންޏާމުން ރެފްރެންޑަމެއް ނަގާށޭ، ވީ ވައުދުތަކާ ޚިލާފަށް އެއާ އިދިކޮޅަށް ތިމަންނާ މަސައްކަތްކުރީމާ ވެސް ރައްޔިތުން ތިމަންނާ ބޭނުންތޯ ނޫންތޯ
ފައްޔާޒް މިހެން ބުނެފައިވާއިރު އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެން ދާނެ ގޮތަކާމެދު ފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.
ރާއްޖޭގެ ހުރިހާ ދިމާލެއްގައި މުއިއްޒުގެ ކޮންޓްރޯލާއި ބާރު ފޯރުވުމަށް އެކި މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.