theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެމްޑީޕީ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް / ސޯޝަލް މީޑިއާ
ސިޔާސީ
ކޮރަޕްޝަންގެ ތުހުމަތުގައި ފައްޔާޒް އޭސީސީއަށް!
Yana Shareef
ޔާނާ ޝަރީފް
09 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަންނަ ހޯމަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރުމަށް ޗިޓު ފޮނުވައިފި އެވެ.

ފައްޔާޒްއަށް ފޮނުވާފައިވާ ޗިޓުގައި ވަނީ ސްވިފްޓް އިންޖިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް ދިނުމަށް 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމުމުގައި ފައްޔާޒް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރި ކަމަށެވެ.

ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި މަސައްކަތްކުރުމުގެ އިތުރުން ފައްޔާޒްގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެއެވެ. ފައްޔާޒް އޭސީސީއަށް ހާޒިރުވުމަށް އަންގާފައި ވަނީ، އަންނަ ހޯމަ ދުވަހު ހެނދުނު 09:30 އަށް އެ ކޮމިޝަން ހިންގާ މ. ފިނިވަރު، ހަތްވަނަ ފަންގިފިލާއަށެވެ.

މިކަމާއި ގުޅީގެން ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައެއް ނޯންނާނެ ކަމަށެވެ. ފައްޔާޒް ވިދާޅުވީ އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ ކަމަށް މިއަދު ގަބޫލެއްނުކުރާ ކަމަށާއި ފާއިތުވި ދެ އަހަރަކީ މި ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި މިނިވަން މުއައްސަސާތައް މިނިވަން ކުރަން ޖެހިފައިވުމުގެ މުހިންމުކަން ސާފުވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved