

ދިވެހިންގެ އެއާޕޯޓު ޖީއެމްއާރަށް ހިންގަން ހަވާލުކުރި އިރު އެމްޑީޕީ ވެރިކަމުގައި 5 އަހަރު ވަންދެން ދިވެހި ދައުލަތް ހިންގުމުގެ ބަދަލުގައި އިންޑިޔާއަށް ހިންގަން ނުދިނީ ކީއްތޯ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސުވާލެއް ފައްޔާޒު އިސްމާއިލަށް އަމާޒު ކޮށްފިއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ނުލާހިކު ރަނގަޅަށް ހިނގަ ހިނގާ ހުރި އެއާޕޯޓެއްގެ ހުރިހާ ހަރަދެއް ކުރަން ދިވެހިން ހަވާލުވާންވީ ކީއްވެތޯ އެބޭފުޅުން ސުވާލުކުރައްވާއިރު، ދިވެހި ދައުލަތު ހިންގަން އިންޑިޔާއަށް ދީފައި ހުރިހާ މުވައްޒަފުންގެ މުސާރަވެސް އިންޑިޔާއިން ހަމަޖައްސަން ދޫކޮށް ނުލީ ކީއްވެތޯ އެމަނިކުފާނު ވަނީ އައްސަވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ ޤައުމީ ސަލާމަތުގެ ނަޒަރަކުން ބަލާނަމަ އެއާޕޯޓަކީ ހުރިހާ މަތިންދާ ބޯޓެއްވެސް އެންމެ ބޮޑަށް ސެކިއުރިޓީ ބޭނުންވާ ތަންްކަމަށާއި ވީއިރު އެއާޕޯޓުގެ ސެކިއުރިޓީއަށް ލިބޭ އުނިކަމަކީ މިރާއްޖޭގެ ޓުއަރިޒަމްއަށް އޭގެ ސަބަބުން އަސަރު ކުރާނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދެން މިބުނަނީ ނުލާހިކު ރަނގަޅަށް ހިނގަ ހިނގާހު އޮތް އެއާޕޯޓެއް ކީއްކުރަން ހޭ ހުރިހާ ހަރަދު ކުރަން އަޅުގަނޑުމެން ހަވާލުވާން ވީ، ފައްޔާޒު ކީއްވެގެން ތޯ ދިވެހި ދައުލަތް މިހިންގަން އެމީހުން 5 އަހަރު ހިންގީ ދިވެހި ދައުލަތް އިންޑިޔާއަށަ ދީފައި ހުރިހާ މުސާރަތަކެއް ދީފަ އަޅުގަނޑުމެން ގޭގަ ތިބެންވީ ނޫންތޯ ދިވެހި ދައުލަތަކުން މުސާރައެއް ނުހިގާނެ ދެއްތޯ އޭރަށް.
ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓު ޓާމިނަލަކީ ބިން ލާދީން ގްރޫޕަށް 357 މިލިޔަން ޑޮލަރަށް ދީފައި ވާތަނެކަށް ވާއިރު، އެމްޑީޕީ ސަރުކާރު އެތަނަށް އެތަކެއް ވޭރިއޭޝަނެއް ގެނެސް 600 މިލިޔަން ޑޮލަރަށް ޓާމިނަލް ގެ އަގު ޖެއްސިއިރު، އެމްޑީޕީއިން ބުނެފައިވަނީ އެއަގު އުފުލުނީ ފަސާޑަށް ގެނައި ބަދަލަކަށް ކަމުގައެވެ. ފަސާޑަށް ދިޔައީ އެންމެ 28 މިލިޔަން ޑޮލަރު ކަމަށާއި ނަމަވެސް ޓާމިނަލަކަށް މާބޮޑު ބަދަލެއް ނާންނަ ކަމަށްވެއް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ 350 މިލިޔަން ޑޮލަރަށް ނިންމެން އޮތް އެއާޕޯޓެއް 600 މިލިޔަންއަށް ހަދާފައި އެކާލީވެސް ހަމަ ރައްޔިތުންގެ ފައިސާ ކަމަށެވެ.