theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސާޖިދާ އެދުނު ގޮތަށް މައާފަށް އެދުވެން ނެތް: ސިވިލް ކޯޓު / ތޭރަގްރެފިކްސް
ހަބަރު
ސާޖިދާ އެދުނު ގޮތަށް މައާފަށް އެދުވެން ނެތް: ސިވިލް ކޯޓު
Mariyam Isaadha
މަރިޔަމް އިސާދާ
20 ޖުލައި 2025
މާލެ ސިޓީ

ރައީސްގެ ދޮށީ ދަރިކަލުންނާ ގުޅުވާ އެމްޑީޕީ އެއްވުމެއް ދެއްކި ވާކަތަކަށް އެ ޕާޓީގެ ޗެއަރޕާސަން ޒިންމާކުރުވާ އެ ކަމަށް އެމްޑީޕީގެ ފަރާތުން ފައްޔާޒު އިސްމާއިލް މައާފަށް އެދެން ޖެހޭނެ ކަމަށް ނިންމައިދިނުމަށް އެދި ފަރސްޓު ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ، ބުނެފައިވަނީ އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށާއި އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށެވެ.

ނަމަވެސް، އެ ވާހަކަތަކުގެ ސަބަބުން އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގައި ސާޖިދާ ދައުވާ ކުރީ އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަށެވެ. އެ މައްސަލައިގައި ސާޖިދާގެ ފަރާތުން ތިން ފަރުވާއެއް ހޯދަން އެދުނެވެ.

އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން އަދި ބައިނަލްއަގުވާމީ މުއާހަދާތަކުން އުމައިރު މުހައްމަދު މުއިއްޒުއަށް ކަށަވަރު ކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައިދިނުމަށާއި، އޭގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އޭގެ އިތުރުން، އެ ވާހަތަކުގެ ޒިންމާ އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް އިސްމާއިލް ނަގަންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށާއި އެ ވާހަކަތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާއަށް އާންމުކޮށް މައާފަށް އެދުމަށް ފައްޔާޒް އިސްމާއިލްގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

އެމްޑީޕީ އާއި ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް އަދި ޕާޓީގެ މެންބަރު މަރިޔަމް ޒުބައިރު ގެ މައްޗަށް، ރާއްޖޭގެ ދެ ކޯޓެއްގައި އުފުލާފައިވާ ދައުވާތަކާ މެދު އެމްޑީޕީ އިން ކުރިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

މި މައްސަލަ ހުށަހެޅުމާ ގުޅިގެން އެމްޑީޕީ އިން ބުނެފައި ވަނީ މި ދައުވާތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ހުދުމުހުތާރުކަމާ ދެކޮޅަށް އަޑު އުފުލަމުންދާ ފަރާތްތަކުގެ އަޑު ކަނޑުވާލައި، ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ މީހުންނަށް ބިރު ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރައްވާ ދައުވާތަކެއް ކަމަށް އެމްޑީޕީ އިން ދެކޭ ކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved