

ޕަބްލިކު އޮފީހެއްގައި ހުރެ މީހަކު ކުރާ ވައްކަންތަކުގެ ވާހަކަ ދުނިޔޭގެ ޑިމޮކްރެސީގައި ހުޅުވާލެވިގެން ދެއްކޭނެ، އެއީ އަބުރެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ޑިމޮކްރެސީގައި އޮންނަނީ ސަރުކާރެއް އެކައުންޓަބަލް ކުރެވެން ޖެހޭނެ ކަމަށް ކަމަށާ ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ޕާލިމަންޓްރީ ޑިމޮކްރެސީގައި ޔޫކޭގެ މިސާލުގެ ވާހަކަ ދައްކާއިރު ޕީއެންސީއިން އެ ވާހަކަ ދައްކާ ބަލަނީ ކާކު ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ޑރ ޖަމިލު އިތުރަށް ވިދާޅުވީ، ޑިމޮކްރެސީގައި ޕަބްލިކު އޮފީސްއަށް އަންނަ މީހުންނަށް މުދާ ލިބޭ ގޮތް، އެމީހުން މުދާ ހޯދާ ގޮތް، އަދި ކުއްލިއަކަށް އެމީހުންނަށް ލިބޭ މުއްސަދިކަން އެމީހުން ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ. އެއީ އެމީހުން ތިބީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ރައްޔިތުންގެ ފައިސާއިން މުސާރަ ލިބޭ ގޮތަށް ކަމަށްވުމުންވެސް ކަމަށެވެ.
ޑރ ޖަމީލު ވިދާޅުވީ އެވާހަކަތަކަށް ޖަވާބު ޕަބްލިކު ސާވެންޓުން ނެދުވުމުން އެ ވާހަކަތައް ދެއްކުމަކީ އެއީ އަބުރު ކަތިލުން ނޫން ކަމަށެވެ.
ޑިމޮކްރެސީގައި އެންމެންގެ އަބުރުވެސް ރައްކާތެރިކޮށްދީފައިވާ ކަމަށާ އަބުރަށް ހުތުރު އަރުވާގެއްލުން ލިބިއްޖެ ނަމަ އެ މީހަކަށް އެ މައްސަލަ ހިފައިގެން ކޯޓުތަކުގެ ދޮރުން ވަދެވޭނެ ކަމަށްވެސް ޑރ ޖަމީލު ވިދާޅުވިއެވެ.