March 16, 2026
Advertisement
މާލޭގެ މޭޔަރ މި ސަރުކާރު ސިފަކުރެއްވީ ފޮނި ކަނޑާ ސަރުކާރެއްގެ ގޮތުގައި
މާލޭގެ މޭޔަރ މި ސަރުކާރު ސިފަކުރެއްވީ ފޮނި ކަނޑާ ސަރުކާރެއްގެ ގޮތުގައި / މާލެ ސިޓީ ކައުންސިލް

މިއީ ފޮނި ކަނޑާ ސަރުކާރެއް: މާލޭގެ މޭޔަރ

Mariyam Isaadha
މަރިޔަމް އިސާދާ
Sep 20, 2025, 12:35 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ފޮނި ކަނޑާ ސަރުކާރެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ސިފަކުރައްވައިފިއެވެ.

Advertisement

ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުން އައި ފަހުން އަދި ތަރައްގީގެ ނަމުގައި ގާބުރިއެއްވެސް ނުބޭއްވޭ ކަމަށާ މުޅިންވެސް ރިބަން ކަނޑަމުން ދަނީ ކުރި ސަރުކާރުގެ މަޝްރޫއުތަކުގައި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ނަމަވެސް އާޒިމް ވިދާޅުވީ، މިއީ މިހާ ތަނަށް އެންމެ ގިން ހިލޭ އެހީ ލިބުނު ސަރުކާރު ކަމަށެވެ. އަދި އިންޑިއާގެ އެހީތެރިކަ،ާ އެކު ނޫނީ މި ސަރުކާރުން ކަމެއް ނުކުރާ އިރު މިސަރުކާރުން ވަނީ ލިބުު ހިލޭ އެހީތައް ބައިސާ ކަނޑަން ތަންތަނަށް ދަތުރުކުރުމަށް ތަޅާ ބުރުއްސާފައި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ހުޅުމާލެ ވެސް މާލެ ސިޓީ ކައުންސިލްއާ ހަވާލު ނުކުރައްވާ ރައީސް މުއިއްޒު ވަނީ ގާނޫނާ ޚިލާފުވެވަޑައިގެންފައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved