theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
މި ސަރުކާރަކީ ދޮގު ފެކްޓަރީއެއް: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
20 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކި ދޮގު ފެކްޓަރީއެއްގެ ގޮތުގައި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ސިފަކުރައްވައިފިއެވެ.

މަލީހު މިފަދައިން ސަރުކާރު ސިފަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ވިޔަފާރިވެރިންނާ ޒާތީ ގޮތުން ޖައްސާލާ ރައީސް މުހައްމަދު މުއިއްޒު ފެލިދޫގައި ދެއްކެވި ވާހަކަތައް ރައްދު ދީ ވިޔަފާރިވެރިން ވަނީ ޑޮލަރު ވިޔަފާރިވެރިންނަށް ހިތު ހުރި މިންވަރަކަށް އިންވޮއިސްތަކަށް ލިބޭ ކަމަށް ވިދާޅުވި ވިދާޅުވުން ދޮގުކޮށްފައެވެ.

ވިޔަފާރިވެރިން ހާމަކުރި ގޮތުގައި މުދާ ގެންނަ އިންވޮއިސްގެ %70 ޑޮލަރު ކަޅު ބާޒާރުގައި ގަނެ ބޭންކަށް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ބޭރަށް ފައިސާ ފޮނުވަން ބޭންއިން ޓީޓީ ހަދަން އެދުމުން ބޭންކުން ބުނަނީ މުދާ ގަންނަން ގެންދާ އިންވޮއިސްގެ %70 ޕަސެންޓު ޑޮލަރު އަމިއްލައަށް ގެންނަން ކަމަށާ އެ ޑޮލަރު ވިޔަފާރިވެރިން ގަންނަން ޖެހެނީ ކަޅު ބާޒާރުގައި ކަމަށެވެ. އަދި މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 19 ރުފިޔާ އާ 20 ރުފިޔާއާ ދެމެދުގައިކަން ވެސް އެ ވިޔަފާރިވެރިން ފާހަގަކޮށްފައެވވެ.

މީގެ އިތުރުން މުޅި އިންވޮއިސްގެ %30 ޑޮލަރުވެސް ބޭންކުން ދެނީ ބައެއް ފަހަރުކަމަށާ ގިނަފަހަރު އެ މިންވަރުވެސް ވިޔަފާރިވެރިންނަށް ބޭންކުން ނުދޭ ކަމަށް އެ ވިޔަފާރިވެރިން ކިޔައިދީފައިވެއެވެ. އެހެންކަމުން ރައީސް މުއިއްޒު އެ ވުދާޅުވާ ފަދައިން ޑޮލަރު ވިޔަފާރިވެރިން އަތަށް ނުލިބޭ ކަމަށާ އެ ޑޮލަރު ކޮޅުވެސް ޓްރާސްނފަރ ކޮށޤދެނީ ބޭރުން މުދާ ވިއްކާ ކުންފުންޏަށް ކަމަށްވެސް އެ ވިޔަފާރިވެރިން ހާމަކޮށްފައެވެ.

ވިޔަފާރިވެރިންގެ މިވާހަކތައް އިޝާރާތްކުރައްވާ މަލީހު ވިދާޅުވެފައިވަނީ، މުއިއްޒުގެ ސަރުކާރަކީ ދޮގު ފެކްޓަރީއެއް ކަމަށާ އެހެން ޕްރޮޑަކްޓެއް މި ސަރުކާރުގައި އުފަން ނުވާނެ ކަމަށެވެ.

ޔަފާރިވެރިންނަށް ބޭންކުން ހެސް ކިޔާފައި ޑޮލަރު ބޭންކު ރޭޓުން ދޫކުރާކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާ، ވިޔަފާރިވެރިން ތަކެތީގެ އަގު ބޮޑު ކުރަނީ ގަސްތުގައި ސިޔާސީ މަންފާ ހޯދަން ކަމަށް ބުނެ ރައީސް މުއިއްޒު ދޮގު ހަދާ ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved