June 12, 2026
Advertisement
މިއީ ޖޯކަރުންގެ ސަރުކާރެއް: މަލީހު
މިއީ ޖޯކަރުންގެ ސަރުކާރެއް: މަލީހު / ތޭރަ އޮންލައިން

މިއީ ޖޯކަރުންގެ ސަރުކާރެއް: މަލީހު

Jun 11, 2026, 10:24 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ހުސް ޖޯކަރުން ތިބި ސަރުކާރެއް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެެނެރަލް  މުހައްމަދު މަލީހު ޖަމާޅު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ، ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ، ވެރިކަމާ ދައުލަތް ހިންގުމަކީ ވަރަށް ގިނަކަކަން މީހެއްގެ ކިބައިގައި ހުރެގެން ކުރެވޭނެ ކަމެއް ކަމަށެވެ. ނަމަވެސް، ރައީސް  މުއިއްޒުގެ ކިބައިގައި ދައުލަތެއް ހިންގާ ގައުމެއްގެ ވެރިކަން ކުރާނެހާ ލަޔާގަތާ ގާބިލުކަން ނެތް ކަމަށާ ދަށުން މަސައްކަތްކުރަން ވެސް ތިބީ ތައުލީމާ ތަޖުރިބާ ނެތް ބޭފުޅުން ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަލީހު ވަނީ، ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން އެއް ދުވަހު ކަނޑައަޅަ ސިޔާސަތު އަނެއް ދުވަހު ބަދަލުކޮށް ނުވަތަ ކުރިން އޮތް ގޮތަށް ރުޖޫއަކޮށް އުނބު ޓާން ނެގުމަކީ ވެސް އާދައަކަށް ވެފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.



ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved