

ސަރުކާރު ސްކޮލަރޝިޕުތަކުގައި އެކި ގައުމުތަކުގައި ތިބި ކިޔަވާ ކުދިންނަށް ސަރުކާރުން ފޯރުކޮށްދޭ ފައިސާއިން އެކުދިންނަށް ނުފުދޭތީ ކުދިން ތިބީ ވަރަށް ހާލުގައި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި މަލީހު ވިދާޅުވީ ރިޔާސީ ކެމްޕެއިންނަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިކުންނެވީ ވަރަށް އާދައިގެ ބޭފުޅެއްގެ ގޮތުގައި ނަމަވެސް އިންތިހާބު ކާމިޔާބުވެ މަގާމަށް ވަޑައިގެންނެވުމާ އެކު އެމަނިކުފާނު ރައްޔިތުންނަށްވީ ވައުދުތައް ހަނދާން ނައްތާލައިފި ކަމަށެވެ. އެގޮތުން އިކޮނޮމީ ކްލާހުން ދަތުރުކުރަމުން އައި އައުން ފަރސްޓު ކްލާހަށް ބަދަލުވެ އާދައިގެ ގަމިހާ ފަޓުލޫނާ އަދި ބޫޓުވެސް ތުރުކުރައްވަމުން އައި އައުން ބަދަލުވެއްޖެ ކަމަށެވެ.
ރައީސް މީހާ އަގު ބޮޑު ދިރިއުޅުމަށް ބަދަލުވެގެން ދިޔައިރު ބޭރުގައި ކިޔަވަން ތިބި ކުދިންގެ މާލީ ހާލަތު ވަނީ ދަށްވެފައި ކަމަށަ އެގޮތުން އެ ދަރިވަރުންނަށް ދެމުން ގެންދާ ޑޮލަރު، ރޭޓު ގައުމުތަކުގައި ތަފާތުވެފައިވުމާ އެކު އެ ފައިސާއިން ދަރިވަރުންނަށް ކޯސް ފީވެސް ނުދެއްކޭކަމުގެ ޝަކުވާ ބެލެނިވެރިން ކުރަމުމް ގެންދާ ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހު ވަނީ ދެން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންވެސް ވީ ގަރުދިޔައާ ބަތަށް ތިރިވަންތޯ ސުވާލު އުފައްދަވާފައެވެ.