
އާރްޓީއައިތަކަށް ރައީސް އޮފީހުން ޖަވާބު ނުދެއްވުމަކީ ރޫލް އޮފް ލޯއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ތަބާނުވާކަމުގެ ދަލީލު ކަމަށް ކުރިގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމޅި އަހުމަދު ވިދާޅުެއްޖެއެވެ.
ރައީސް އޮފީހުން، "އަދަދު" ނޫހުގެ އާރުޓީއައިތަކަށް ޖަވާޞު ނުދެއްވާތީ އިންފޯމޭޝަން ކޮމިޝަނަރު ކޯޓަށް ދާނެ ކަމުގެ އިންޒާރުދީފައިވެއެވެ. އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލު ވިދާޅުވި، ގައުމުގެ ރައީސަކީ ގާނޫނު އަސާސީގެ 115 (ނ) ގައިވާ ގޮތުން ގާނޫނުގެ ވެރިކަން ކުރިއަރުވާ އެންމެންގެ ޙައްގުތައް ކުރިއެރުވުމުގެ މަސްއޫލިއްޔަތު ޙަވާލު ކުރެވިފައިވާ ފަރާތް ކަމަށެވެ.
އާރްޓީއައިތަކަށް ރައީސް އޮފީހުން ޖަވާބު ނުދެއްވުމަކީ ރޫލް އޮފް ލޯއައަށް ރައީސް ޑރ މުއިއްޒު ތަބާނުވާކަމުގެ ދަލީލުކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ، އެހެންވެ މި ސަރުކާރު ތެރޭ ގާނޫނާއި ޚިލާފު އަމަލުތައް އިތުރުވެ ވައްކަމާ ކޮރަޕްޝަން އާންމުވެފައިވާ ކަމާ ރައީސް މުއިއްޒުގެ ކިބައިން ހިތްވަރު ލިބިގަނެ ގާނޫނަށް ތަބާވާން އެކަކުވެސް ބޭނުން ނުވާ ކަމަށް ޑ ރ ޖަމީލު ތުހުމަތު ކުރައްވާފައިވެއެވެ.
އެހެންކަމުން ގައުމުގެ ހުރިހާ ފަސާދައެއްގެ އަސާސަކީ އެއީ ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، އައިކޮމްއިން ވަނީ އަދަދު ނޫހުގެ އާރުޓީއައިތަކަށް ޖަވާބުދޭން 14 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ މުައްދަތުގެ ތެރޭގައި ޖަވާޞު ނުދީފި ނަމަ ރައީސް އޮފީހާ ދެކޮޅަށް ޕީޖީއަށް މައްސަލަ ހުށަހަޅާނެކަމުގެ އިންޒާރު ދީފައިވެއެވެ.










