ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު އިންޑިއާ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާ ވެއްޓުނީ ވިލިމާލެއާ ދިމާ ބޭރުގައި އޮތް "އެމްއެސްވީ ޑައުލާ" ކިޔާ އިންޑިއާގެ ކާގޯ ބޯޓަކުން ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 23:35ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
• އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ކަނޑާއި ވައިގެ މަގުން ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ކުރި މަސައްކަތުން އެ މީހާ އަދި ފެނިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.