April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންޑިއާގެ އައިއެސްއާރުއޯ ލޯގޯ ޖަހާފައި ހުރި ޖައްވީ އުލަނދެއްގެ ބައިތަކެއް ރާއްޖެއިން ފެނިއްޖެ

Feb 13, 2026, 11:11 PM
ލ އަތޮޅު

އިންޑިއަން ސްޕޭސް ރިސާޗު އޯގަނައިޒޭޝަންގެ ލޯގޯ ޖަހާފައި ހުރި ޖައްވީ އުޅަނދެއްގެ ބައިތަކެއްގެ ރާއްޖެއިން ފެނިއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، އައިއެސްއާރުއޯ ލޯގޯ ޖަހާފައި ހުރި އެ ޖައްވީ އުޅަނދުގެ ބައިތައް ފެނިފައިވަނީ. ލ އަތޮޅުންނެވެ. އެގޮތުން ލ. އަތޮޅު ކުނަހަންދޫ ކައުންސިލާ ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިއާގެ ޖައްވީ އުޅަނދެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެ ތަކެތި ހުރީ އެ އަތޮޅުގެ ފަޅު ރަށަކަށް ލައްގާފައެވެ.

މިހާރު އެމްޑީއެފްގެ އެންގުމަށް އެތަނެތި ކުނަހަންދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާ އެ ރަށު އުތުރު ފަރާތުގައި އެ ތަކެތި މިހާރު ގެނެސް ބާއްވާފައި އެބަ ހުރި ކަމަށް ކުނަހަންދޫ ކައުންސިލްގެ ރައީސް، އިބްރާހިމް ޝަކީބްއާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

ލެއްގި ބައެއް ބައިތައް
ލެއްގި ބައެއް ބައިތައް

ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ބަޔަކު އެރަށަށް މިކަމާ ގުޅިގެން ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނިފައިވަނީ، އިންޑިއަން ސްޕޭސް ރިސާޗު އޯގަނައިޒޭޝަން (އައިއެސްއާރުއޯ)ގެ ލޯގޯ ޖަހާފައިވާ ޖައްވީ އުޅަނދެއްގެ ބޭރު ކަވަރެއްގެ ބައިތަކެކެވެ.

މިކަމާ ގުޅިގެން ޗެނަލް13 އިން އެމްއެންޑީއެފްގެ މީޑިޔާއާ ސުވާލުކުރުމުން ޚަބަރު ޝާއިއު ކުރުމާ ހަމައަށް ޖަވާބެއް ދެއްވާފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved