April 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކުރީގެ ރައީސް ނަޝީދަށް ފާސް ނުދިނީ ރަސްމީކޮށް ނޭދޭތީ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 23, 2025, 09:55 PM
މާލެ ސިޓީ

އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންވާ ފާސް ނުދިނީ ރަސްމީކޮށް އެދިފައި ނުވާތީ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

Advertisement

ފޮރިން މިނިސްޓްރީއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްޢިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ރައީސް މުޙައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން މި މިނިސްޓްރީގައި ރަސްމީކޮށް އެދިވަޑައިގެންފައި ނުވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ނޫސް ބަޔާން ނެރެފައިވަނީ އދ. ގެ މައި މަރުކަޒަށް ވަނުމަށް ބޭނުންވާ ފާސް ހޯދުމަށް ނަޝީދު އެދިވަޑައިގަތުމުން އެ އިންތިޒާމު ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ ނަޝީދުގެ އޮފީހުން އިއްޔެ ބަޔާނެއް ނެރެފައި ވަނިކޮށެވެ.

ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދަށް އެ ތަނަށް ވަނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ނަމަވެސް އަބަދުވެސް ދިވެހި ދިދަ އާއި ނިޝާން ޖެހި ފާހުގައި ތަމްސީލުވާން ނަޝީދު އެދިވަޑައިގަންނަވާތީ އެ ފާސް ހޯދުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެދިވަޑައިގަތީ އެ ސަބަބާ ގުޅިގެން ކަމަށެވެ.

ފޮރިން މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ ނަޝީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅަކަށްވާތީ، ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ އިއްޒަތް އެމަނިކުފާނަށް އަރުވަމުންދާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved