theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދިއްގަރު ވެޓަރަންސް ޓީމާ ކުރީ ސަރުކާރުގެ ވެރިންނާ ދެމެދު، ދިއްގަރު ވޮލީ ކޯޓުގައި ކުޅެވުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން / ރައީސް އޮފިސް
ހަބަރު
ރަސްމީކޮށް ހުޅުވާ މިހާރުވެސް ބޭނުންކުރަމުންދާ ވޮލީ ކޯޓެއްގެ މަސައްކަތް ނިންމާނެ ކަމަށް ރައީސް މުއިއްޒަށް ވިދާޅުވެވިއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
23 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރަސްމީކޮށް ހުޅުވާ މިހާރުވެސް ބޭނުންކުރަމުންދާ ވޮލީ ކޯޓެއްގެ މަސައްކަތް ނިންމާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒަށް ވިދާޅުވެވިއްޖެއެވެ.

އެމަނިކުފާނު މިފަދަ އިތުރުފުޅު ބަސްފުޅެއް ވިދާޅުވެވިފައިވަނީ، މިވަގުތު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ދިއްގަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން، ދިއްގަރުގައި ފުޓުބޯޅަ ދަނޑެއް ގާއިމު ކުރުމުގެ މަސައްކަތާއި، އިތުރު ބައެއް އެހެން މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށާ މިހާރު ހިނގަމުން ގޮސް މަސައްކަތް ހުއްޓިފައި އޮތް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރުމަށާއި، އަދި ވޮލީ ކޯޓުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް މުއިއްޒަށް ވިދާޅުވެވިފައިވެއެވެ.

ޖުމުލަ ގޮތެއްގައި ހުރިހާ ދާއިރާ އަކުން ވެސް، ދިއްގަރުގެ ތަރައްޤީ އަށް ކުރިއަށް އޮތް ހަފުތާ ތަކާއި، މަސް ތަކުގެ ތެރޭގައި އަމަލީ މަސައްކަތް ކުރިއަށް ގޮސް، އަދި ނިންމަމުން ދާ ތަން ފެންނާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިއްގަރު ވޮލީ ކޯޓުގެ މަސައްކަތްވެސް ނިންމަވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒަށް ވަނީ އިތުރުފުޅެއް ހެއްދެވިފައެވެ. އެގޮތުން ދިއްގަރު ވޮލީ ކޯޓަކީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދިއްގަރުގައި ރަސްމީކޮށް ހުޅުވައި އަދި ވޮލީ ކުޅުމަށް ބޭނުން ކުރަމުން އަންނަ ވޮލީ ކޯޓަކަށްވެފައި އަލުން އެތަނުގައި މަސައްކަތެއް ފަށަން ނުޖެހޭނެއިރު ރައީސް މުއިއްޒު އެ ކޯޓުގެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރެއްވި ކަމަށް ބެލުމުގެ ފުރުސަތު ތަނަވަސްވެގެން ދެއެވެ.


ދިއްގަރު ވޮލީ ކޯޓު ހުޅުވާދެއްވީ ދިއްގަރަށް ވަޑައިގެން، ރައީސް ސޯލިހު 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ.

މިކަމާ ގުޅިގެން ދިއްގަރު ކައުންސިލްގެ ރައީސް އަބްދުﷲ އާރިފުއާ ހަވާލާދީ ރާއްޖެ އެމްވީގައި ޝާއިއުކޮށްފައިވާ ގޮތުގައި، އެއީ ރައީސް ސޯލިހުގެ ވައުދެއް ކަމަށާއި، ރައީސް ސޯލިހުގެ ވެރިކަމުގެ ތެރޭގައި އެ މަސައްކަތް ނިންމައި، ރަސްމީކޮށް ހުޅުވައި ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި ރައީސް މުއިއްޒު އެ ވިދާޅުވާ ވޮލީ ކޯޓަކީ ކޮން ތަނެއްގައި އަޅާ ވޮލީ ކޯޓެއް ކަމެއް ނޭނގޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އާރިފް ވިދާޅުވީ ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ކުރިން އެ ރަށަށް ވަޑައިގެންނެވި ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނަށް ވެސް އެ ވޮލީ ކޯޓު ދައްކާފައިވާނެ ކަމަށާއި، އެކަން ކުރިއަށް ދިޔަ ގޮތް ވެސް ހިއްސާ ކޮށްފައިވާނެ ކަަމަށެވެ. އެ ބޭފުޅުން ވޮލީ ކޯޓުގެ ފޮޓޯ ވެސް ނެގި ކަމަށާއި، އެއަށްފަހު ފުރައިގެން ދިޔައީ ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ރައީސް މުޢިއްޒު ވަޑައިގެން އެ ވޮލީ ކޯޓުގެ ވާހަކަ ދެއްކެވުމުން ހައިރާންވާ ކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވެފައި ގޮތުގައި އެއް ގޮތަކީ ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ކުރިން ވަޑައިގެންނެވި ބޭފުޅުން ރައީސްއަށް އޮޅުވާލެއްވުމެވެ. ދެވަނަ ގޮތަކީ، މައިކެއް އަތުގައި ޖެހުމުން ރައީސްއަށް ދެއްކެވޭ ވާހަކަ އޮޅިވަޑައިގެން ގޮސް، ދެއްކެވުނު ވާހަކައަކަށް ވުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved