theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް / ރައީސް އޮފިސް
ހަބަރު
މިނިވަން މީޑިޔާ ނެތިއްޔާ މި ގައުމުގެ ކުރިމަގެއް ނޯންނާނެ: އާޒިމް
Mariyam Isaadha
މަރިޔަމް އިސާދާ
23 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މިނިވަން މީީޑިޔާއަށް ގައުމުގައި ޖާގަ ނުދޭނަމަ ގައުމުގެ ކުރިމަގެއް ވެސް ނޯންނާން ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ، ޗެނަލް 13 ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، ރައްޔިތުން ވޯޓު ދީގެން ގެންނަ ސަރުކާރެއް ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށާ، އެގޮތުން ރައްޔިތުން އެ ރައްޔިތުންގެ ފައިސާ ހަވާލުކުރީ ސަރުކާރުގެ ވެރިންނާ ކަމަށާ އެހެންކަމުން ކޮންމެ ލާރި ފޮއްޗަކަށް ހަދަމުންދާ ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ ފަރާތުން އެކަންކަން ގިނަ ފަހަރު ކުރަނީ ނޫސްވެރިން ކަމަށާ ސަރުކާރުގެ ސްޕޮންސަރ އޮތަސް އެ މީޑިޔާއަކަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށާ މީޑޔާތަކުން ނުފޫޒުން އެއްކިބާވެ ތިބި ރައްޔިތުންނަށް ތެދު ހާމަކޯށްދީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ދުނިޔޭގެ އެއްވެސް ތަނެއްގައި ނޫސްވެރިންނާ ޖަދަލުކޮށް ސަރުކާރުތަކަށް ކުރިއެުން ލިބިފައި ނުވާ ކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މިިނިވަން މީޑިޔާ ނެތްތަނެއްގައި ކުރި މަގެއްވެސް ނޯންނާނެ ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ، މި ސަރުކާރަށް ޕޯފޯމު ކުރުމަށް ވަގުތު ލިބިއްޖެ ކަމަށާ ނަމަވެސް އެ ޕޯފޯމެންސް ނުދެއްކުނު ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved