theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ނާޒިމްއަށް އެނގެންވާނެ ނާޒިމްއަކީ މިނިވަނެއް ނޫންކަން: ރައީސް ޔާމީން / ސޯޝަލް މީޑިއާ
ސިޔާސީ
ނާޒިމްއަށް އެނގެންވާނެ ނާޒިމްއަކީ މިނިވަނެއް ނޫންކަން: ރައީސް ޔާމީން
23 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ދިއްގަރު ދާއިރާގެ މިހާރުގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއަށް އޭނާއަކީ މިނިވަނެއް ނޫން ކަން އެނގޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މީޑިޔާ ރެގިއުލޭޓުކުރުމުގެ ނަމުގައި އުފައްދާ ކޮމިޝަނަށް ނޫސްވެރިންގެ ފަރާތުން އައްޔަންކުރާ މީހުންވެސް މަޖިލީހުން ބޭނުންވެއްޖެ ނަމަ ވަކިކުރެވޭ ގޮތަށް އޮތް މަޖިލިސް މިހާރު ނިސްބަތް ވަނީ ބޮޓޭކޯއާ ރައީސް މުއިއްޒާ މަޖިލީހުގެ ނައިބު ރައީސަށް އެކަނި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ނާޒިމް މިކަމުގެ އަޑީގައި ހުރިއިރު، ނާޒިމް އަމިއްލައަށް އޭނާއަކީ ކުށްވެރިއެއްކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ނާޒިމްގެ މައްޗަށް އޮތް ހުކުމް ބާތިލުކުރިއިރު ރައީސް ސޯލިހުއާ ދެމީހުންގެ ދެމެދުގައި އޮތް ގާތްކަމެއްގެ ތެރެއިން ވެރިކަން ފުރޮޅިގެން ދިޔަ ވަގުތު ކަމަށާ އެ މަންޒަރު ބަލަން ދިވެހި ރައްޔިތުން ތިބި ކަމަށެވެ. އަދި ސުޕްރީމު ކޯޓުން ކަންކަން ކުރަމުންދާ އުސޫލުން އެ ކޯޓުގެ އިތުބާރު ގެއްލިފައިކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމު ކޯޓުގެ ނިންމުންތަކަކީ މޫސުމީ އެއްޗިއްސަށް ވެގެން ނުވާނެ ކަމަށެެ.

ނާޒިމްއަކީ މިނިވަނެއް ނޫންކަން އެނާގެ އަމިއްލަ ނަފްސަށް އެނގެންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏެއްގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރިކަން ސާބިތުވެ 2015 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖަލަށް ލާން ސުޕްރީމު ކޯޓުން ހުކުމް ކުރިކަން ފާހަގަކޮށްލެވެއެވެ. އަދި އޭގެ ފަހުން، 25 އަހަރަށް ޖަލަށްލުމަށް ސްޕްރީމް ކޯޓުން އިއްވި ހުކުމް ރިވިއު ކުރުމަށް ނާޒިމް ކޯޓަށް ހުށަހެޅިއެވެ. ބޮޑު ހުކުމެއްގައި ޖަލުގައި ހުރުމުގެ ބަދަލުގައި ބޭސް ފަރުވާ ޗައްކަރު ޖަހާ ގޮސް ރާއްޖެއިން ބޭރުގައި އަރާމުގައި ދިރިއުޅުމަށް ފަހު ވަކި ސަރުކާރެއް ނިމުން އެނބުރި ރާއްޖެ އައިސް ތިމާގެ ހުކުމް ބާތިލުކޮށްދޭނެ ސަރުކާރެއްގައި ސުޕްރީމު ކޯޓަށް އެ މައްސަލަ އަލުން ވެއްދިއެވެ.

އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއިން ކާމިޔާބުކޮށް އިބްރާހިމު މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވި ފަހުންނެވެ. ސުޕްރީމު ކޯޓަށް މައްސަލަ ވައްދާ އޭގެ މާކަ ގިނަ ދުވަހެއް ނުނަގާ ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުން ވަނީ އެ ކޯޓުގެ ނިހައީ ހުކުމެއް ފުރަތަމަ ފަހަރަށް ބަދަލުކޮށް ނާޒިމްއަށް ކުރިން އެ ކޯޓުން ކުރި 25 އަހަރުގެ ހުކުމް ބާތިލުކޮށްފައެވެ. ނަމަވެސް މައްސަލަ އަލުން ބަލަން ހުކުމްކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved