theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ހެލްތް މިނިސްޓްރީގައި އެކަނިވެސް 30 ސިޔާސީ މަގާމު!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
24 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މިނިސްޓްރީ އޮފް ހެލްތްގައި އެކަނިވެސް 30 ސިޔާސީ މަގާމަށް މީހުން އައްޔަނުކޮށްފައިވާ ކަން ހާމަވެއްޖެއެވެ.

މީގެ ތެރޭގައި، 06 ޕޮލިޓިކަލް ޑިރެކްޓަރުންނާއި 07 ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ކަމަށް އާންމުވެފައިވާ އެ މިނިސްޓްރީގެ ސިޓީއެއްގައި ބުނެފައިވެއެވެ.

ސިޔާސީ މަގާމުތަކުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި އެކި ހޮސްޕިޓަލްތައް ބެލެހެއްޓުމާއި، މިނިސްޓްރީގެ އެކި ޑިޕަރޓްމަންޓްގެ މަސައްކަތްތައް ބެލެހެއްޓުމާއި، މިނިސްޓަރުގެ ދަށުން ސިޔާސީ މަސައްކަތް ކުރުން ހިމެނެއެވެ.

ޕޮލިޓިކަލް ޑިރެކްޓަރުންނަށް 20،000 – 25،000 އާއި ދެމެދުގެ މުސާރައެއް ލިބޭއިރު، ޑެޕިއުޓީ މިނިސްޓަރުންނަށް ލިބެނީ 21،000 – 31،500 އާއި ދެމެދުގެ އަދަދެކެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުގައި ކުރީ ސަރުކާރުން ސިޔާސީ މަގާމުތައް ގިނަކޮށް ގައުމު އިގްތިސާދީ އަދަވަޅަކަށް ވައްޓާލާފައިވާ ކަމަށް ބުނެ މިހާރުގެ ސަރުކާރުން އޭރު ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

ނަމަވެސް، ވެރިކަމާއި ހަވާލުވެ މި ސަރުކާރުން އައްޔަނުކުރި ސިޔާސީ މަގާމުތައް މިއަހަރުގެ މެދަކާއި ހަމައަށް ސަރުކާރުން ވަނީ ސިއްރުކޮށް އެމީހުންނަށް ލިބޭ މުސާރަވެސް ރައްޔިތުންނަށް ސިއްރުކޮށްފައެވެ.

ހާމަކަން ބޮޑު ގޮތެއްގައި ވެރިކަން ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ކެނޑިނޭޅި ވިދާޅުވި ކަމުގައި ވިޔަސް މިފަދަ މައުލޫމާތުތައް ސިއްރުކޮށް ހިފަހައްޓާ ސަރުކާރުން ވަނީ ވެރިކަމުގެ އިންޓެގްރިޓީ އާއި މެދު ސުވާލު އުފެދޭ ވަރަށް ރައްޔިތުންނަށް އޮޅުވާލާފައެވެ.

ސަރުކާރުން އާންމުކޮށްފައިވާ ގޮތުގައި ސިޔާސީ މަގާމުތަކުގައި މިހާރު ތިއްބެވީ 922 މުވައްޒަފުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved