March 13, 2026
Advertisement
/
/ / ސޯޝަލް މީޑިއާ

ވެހެމުންދިޔަ ވާރޭގައި ކުޑަ އަޅައިގެން ގަހަށް ފެންދީފި, ގަމާރުވާނީ މިވަރަކަށް!

Yana Shareef
ޔާނާ ޝަރީފް
Dec 2, 2025, 12:38 AM

ވެހެމުންދިޔަ ވާރޭގައި ގަސް އިންދާފަ ފެންދިނުމުން ރައްޔިތުން ޖޯކު ޖަހަން ފަށައިފިއެވެ.

Advertisement

ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެކެވެ. އާންމުކޮށް ވާރޭ ވެހޭއިރު ގަސް އިންދާނަމަ މީހުން ފެނެއް ނުދޭނެއެވެ.

ދާދިފަހުން ވިލިނގިލީ ރައްޔިތުންނާއެެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްުޒ ވަނީ ވިލިނގިލީގައި ހުރި ދުވަސްވީ ބޮޑު ދެ ނިކަ ގަސް ކަނޑާނެކަމަށް ވިދާޅުވެފައެވެ.

އެ ނިކަގަހުގެ ބަދަލުގައި 500 ގަސް އެ ރަށުގައި އިންދަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އޭގެފަހުން އެ ރަށުގައި ގަސް އިންދުމަށް ސަރުކާރުގެ އިސްވެރިންތަކެއް ވަނީ ވިލިނގިއްޔަށް ވަޑައިގެންފައެވެ.

މީސްމީޑިއާގައި ދައުރުވި ފޮޓޯ އިން ފެނިގެންދަނީ ވެހެމުންދިޔަ ވާރޭގައި ހެލްތު މިނިސްޓަރު ނާޒިމް އަބްުދالله ކުޑައެއްގެ ދަށުގައި އޮންނަވާ ގަހަކަށް ފެން ދެމުންދިޔަ މަންޒަރެވެ.

ފަހަތުގައި ވިލިނގިލީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި, ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަ ތާރިގް އަބްދުالله އާއި ސްޕޯޓްސް މިނިސްޓަރ އަބްދުالله ރާފިއު ވެސް ހުންނެވިއެވެ.

ސަރުކާރުގެ ވެރިންތަކެއް މިފަދައިން އަމަލުތައް ބެހެއްޓެވުމުން މިއީ ސަރުކާރުގެ ވެރިންގެ ގަމާރުކަން ދައްކުވައިދޭކަމެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved