March 12, 2026
Advertisement
ނިލަންދޫ އެއާޕޯޓު ހެދުމުގެ މަސައްކަތް އެމްއޭސީއެލްއާ އެކު ސޮއިކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓަރު ޒަމީރާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު ފޮޓޯއަކަށް ހުއްޓި ވަޑައިގެން
ނިލަންދޫ އެއާޕޯޓު ހެދުމުގެ މަސައްކަތް އެމްއޭސީއެލްއާ އެކު ސޮއިކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓަރު ޒަމީރާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު ފޮޓޯއަކަށް ހުއްޓި ވަޑައިގެން / ރައީސް އޮފިސް

މުއިއްޒުގެ ސަރުކާރުން އެމްއޭސީއެލް ބޭނުންކުރަނީ ކިރު ފެލަން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Sep 24, 2025, 07:57 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ބޭނުން ކުރަނީ ކިރުފެލަން ކަމަށް ވިދާޅުވެ އެމްއޭސީއެލްއާ ކުންފުނީގެ މެންޑޭޓުގައި ނުހިމެނޭ ކަންކަން ހަވާލުކުރާތީ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

Advertisement

ރަށް ރަށުގެ އެއާޕޯޓު އެޅުމަށް ރައީސް މުއިއްޒު އެމްއޭސީއެލްއާ ހަވާލުކުރަމުން ގެންދާދިއުމަށް ފާޑުވިދާޅުވެ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީއަކީ އެ ސިނާއަތު ސިޔާސީ ނުކޮށް ދޫކޮށްފަ އޮތުން ކަމަށާ އެއަރޕޯޓް ކޮމްޕެނީ، އެމްއޭސީއެލް މިހާތަނަށް ހިންގަމުން އައީ ޕްރޮފެޝަނަލްކޮށް ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން އެކުންފުނި ސިޔާސީ ބޭނުމަށް މަންފާ ހޯދަމުން ދާ ކަމަށް ވިދާޅުވާ މޭރުމަކުން މަލީހު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު ސަރުކާރުން އެމްއޭސީއެލް ބޭނުން ކުރަނީ ކިރު ފެލަން ކަމަށެވެ. އަދި އެކަންކަން އެގޮތަށް ކުރައްވާ ރައީސް މުއިއްޒު ގެންދަވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ފައިސާ އިސްރާފުކުރަމުން ކަމަށްވެސް މަލީހު ވިދާޅުވެފައިވެއެވެ.

މަލީހު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްއޭސީއެލްއަކީ އެއާޕޯޓް ހިންގާ ކުންފުންޏެއް ކަމަށާ އެއީ އެއާޕޯޓް އަޅާ ކުންފުންޏެއް ނޫން ކަމަށެވެ. ރައީސް މުއިއްޒަކީ ޖޯކު ސޮރެއްގެ ގޮތުގައި ސިފަކުރައްވާ މަލީހު ވިދާޅުވެފައިވަނީ، އެމްއޭސީއެލްގައި އެއާޕޯޓު އެޅުމުގެ ޤާބިލުކަމެއް ނުހުންނާނެ ކަމަށެވެ. އެކުންފުނިން ކުރާނެ ހާ ވެސް ކަމަކީ ކޮންމެވެސް ބަޔަކަށް ސަބްކޮންޓްރެކްޓް ކުރުންކމަށް ވިދާޅުވެ މަލީހު ވިދާޅުވީ އެއީ ރައީސް މުއިއްޒުގެ ސަރުކާރުން ފައިސާ ކާން ޖަހާ މަޅި އެއް ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު މިވަގުތު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގިނަ ރަށްތަކެއް އެއާޕޯޓު އެޅުމަށާ ބަނދަރު ހެދުމަށް އެމްއޭސީއެލްއާ އަދި އެމްޓީސީސީއާ ވެސް ހަވާލުކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved