April 17, 2026
Advertisement
މުއިއްޒުގެ އަނިޔާވެރިކަން ނިމިގެން ނޫނީ ރަގަޅު ގޮތެއް ނެތް: މަލީހު
މުއިއްޒުގެ އަނިޔާވެރިކަން ނިމިގެން ނޫނީ ރަގަޅު ގޮތެއް ނެތް: މަލީހު / އަލީ ނިޝާން

މުއިއްޒުގެ އަނިޔާވެރިކަން ނިމިގެން ނޫނީ ރަގަޅު ގޮތެއް ނެތް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Sep 25, 2025, 07:32 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ އަނިޔާވެރިކަން ނިމިގެން ނޫނީ މި ގައުމަށް ރަގަޅު ގޮތެއް ނެތް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމުގެ އިގްތިސޯދު ދަނީ ބޮކި ޖަހާފައި އަޑިއަށް ކަމަށާ ރަށްރަށް ތަރައްގީ ނުވާ ކަމަށެވެ.

މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އޮތް ހާމަކުރައްވާ މަލީހު ވިދާޅުވެފައިވަނީ ރައްޔިތުން ނިކަމެތިވެއްޖެ ކަމަށެވެ.

މަލިހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސް މުއިއްޒުގެ ސަރުކާރުންވެސް އެ ޝަރީއަތްތައް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ދައުލަތުގެ ދަރަނި ދައްކާ އިގްތިސޯދު ހަމައަކަށް އަޅުވަން ފެހި ސިގްނަލްތަކެއް ލިބިފައިވާ ކަމަށްވެސް ރައީސް މުއިއްޒު އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވިދާޅުވުމަށް ފަހު، ވެރިކަމަށް ވަޑައިގެން އެއިން ކަމެއް ސަރުކާރުގެ ފަރާތުން ނުފެންނަކަމަށް ގިނަ ރައްޔިތުން ބުނަމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved