ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަންކޮށްފި އެވެ.
މިއަދު ފަނޑިޔާރުކަމަށް އޭނާ އައްޔަންކުރިކަން ސުޕްރީމް ކޯޓުގެ ރަސްމީ އެކްސް އެކައުންޓުން ވަނީ އިއުލާނުކޮށްފައެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީ އިން ހުޅުވައިލީ އެ ކޯޓަށް އައްޔަނުކުރަން އެ ކޮމިޝަނުން ފާސްކުރި މުހައްމަދު ޝަހީދު، އޭނާގެ ނަން އަނބުރާ ގެންދަން އަމިއްލައަށް ހުށަހެޅުމުންނެވެ.
އެ ފުރުސަތުގައި ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ޖުމުލަ 11 ފަނޑިޔާރުން ތިއްބަވާ ހައިކޯޓުގައި މިވަގުތު ތިއްބެވީ 10 ފަނޑިޔާރުންނެވެ. އެ ކޯޓުގެ ފަނޑިޔާރުކަމަށް އެންމެފަހުން އައްޔަނު ކުރީ ސިވިލް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ޖަމީލެވެ.