ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު ގޯލްކީޕަރު، އިބްރާހިމް އިފްރާހު އަރީފް (އިފްރާ) އަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވުމާއި ގުޅިގެން އިފްރާގެ އާއިލާއަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަޢުޒިޔާ ފޮނުވައިފިއެވެ.
އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވި ޚަބަރު އެހީ ފުން ހިތާމަޔާއި އެކުގައި ކަމަށާއި މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި މާތް اَللّٰهُ މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގޭގެ ދާއިމި ނިއުމަތް މިންވަރު ކުރެއްވުމަށެވެ.
اناللہ واناالیہ راجعون
— Abdulla Yameen (@prz_ymn) September 26, 2025
ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވި ޚަބަރު އެހީ ފުން ހިތާމަޔާއި އެކުގައެވެ. އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. މާތް اَللّٰهُ މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގޭގެ ދާއިމި ނިއުމަތް މިންވަރު… pic.twitter.com/HgCKj5g24Z
ރާއްޖޭގެ ގައުމީ ސީނިއާ ޓީމުން އެންމެ ފުރަތަމަ 2007 ގައި ޖާގަ ހޯދި އިފްރާހު ވަނީ ޖެހިގެން އައި އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުގައި ވެސް ހިމެނިފަ އެވެ. އެންމެ ފަހުން، ސީނިއާ ގައުމީ ޓީމުގައި އިފްރާހު ހިމެނުނީ މީގެ ހަތް އަހަރު ކުރިން 2018 ގަ އެވެ.
ފުރަތަަމަ ޑިވިޝަނުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ އަދި ބީޖީ އަށް ވެސް ކުޅެފައިވާ އިފްރާ އަކީ، 2019 ވަނަ އަހަރު ޓީސީން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ.
ފުޓްބޯޅަ ކެރިއަރަށް ފަހު، އިފްރާހު، ބޮޑަށް ހަރަކާތްތެރިވަމުން އައީ ސްޕޯޓްސް ފިޝިންގަ އެވެ.