April 29, 2026
Advertisement
-
- / ސަން

ސަސްޕެންޑް ކުރުމަކީ ސިޔާސީ ގޮތުން ބިރު ދެއްކުން: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 26, 2025, 07:01 PM
މާލެ ސިޓީ

މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑް ކުރުމަކީ ސިޔާސީ ގޮތުން ބިރު ދެއްކުން ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

އެލްޖީއޭއިން ހެދި އިންކުއަރީއަށް ފަހު ގދ. ތިނަދޫގެ މޭޔަރު ސައުދު އަލީ ތިން މަސް ދުވަހަށް ކުރި ސަސްޕެންޝަން އުވި އިއްޔެ މަސައްކަތަށް ނުކުތް މައްސަލައަށް ފާހަގަކުރައްވާ މަލީހް އެކްސް ގައި ވިދާޅުވީ ސިޓީ/ރަށު ކައުންސިލަރުން ސަސްޕެންޑްކޮށް ފިޔަވަޅު އެޅޭ ކަމުގައިވާނަމަ ރައީސުލްޖުމްހޫރިއްޔާވެސް ސަސްޕެންޑް ކުރެވޭ އުސޫލެއް އޮންނަން ޖެހޭނެ ކަމަށެވެ.

ސަސްޕެންޑް ކޮށް ސިޔާސީ ގޮތުން ބިރު ދެއްކުމުގެ ބަދަލުގައި އެމީހެއްގެ މައްސަލައެއް އޮތް ކަމުގައިވާނަމަ ފުރިހަމަ ތަހުގީގެއް ހިންގާ ސާބިތުވާނަމަ މަގާމުން ވަކި ކުރަން ޖެހޭނެ ކަމަށެވެ. މިގޮތުން ސަސްޕެންޑް ކުރުމަކީ ސިޔާސީ ގޮތުން ބިރު ދެއްކުން ކަމަށް މަލީހް ވަނީ ސިފަކޮށްފައެވެ.

އެލްޖީއޭއަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން، މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސައުދު ސަސްޕެންޑުކުރީ މިދިޔަ ޖޫން 25 ގަ އެވެ. އެކަމަކު، ލާމަރުކަޒީ ގާނޫނުގެ ދަށުން، ކައުންސިލަރުން ސަސްޕެންޑުކުރެވޭ އެންމެ ދިގު މުއްދަތަކީ ތިން މަސް ދުވަސް ކަމަށް ވާތީ އެ ސަސްޕެންޝަން މިހާރު ވަނީ އުވިފަ އެވެ.

ސަރުކާރުގެ އިސްވެރިން ކޮރަޕްޝަނާއި ފައިސާގެ ވައްކަމުގެ މައްސަލަތައް ފެންމަތިވަމުން ދާއިރު މިފަދަ މައްސަލަތައް އެއްފަރާތްކޮށް އެފަދަ މީހުންނަށް ފިޔަވަޅު ނާޅާ ސަރުކާރުން އަންނަނީ ބާރުގެ ބޭނުންކޮށްގެން ސަރުކާރާއި ދެކޮޅު ފަރާތްތަކަށް ފިޔަވަޅު އަޅާ ދޫތައް ބަންދުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved