April 3, 2026
Advertisement
-
- / ރައީސް އޮފިސް

ޖަރުމަނު ދަތުރު, އިތުރު ބުރައަކަށް ނޫނީ ނުވާނެ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 12, 2026, 01:49 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އޭގެ ފައިދާއެއް ގައުމަށް ކުރާނެ ދަތުރުފުޅަކަށް ނުވާނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވާހަކަފުޅު ދައްކަވައިފިއެވެ.

Advertisement

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ޖަރުމަނުވިލާތަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅަކީ އޭގެ މުގާބިލުގައި ރަގަޅު ފައިދާ ކުރުނިވި ނަތީޖާއެއް ނުކުންނާނެ ދަތުރުފުޅެއް ނޫން ކަމަށެވެ.

ރައީސް މުއިއްޒުގެ އެ ދަތުރުފުޅު ވެގެންދާނީ ޓެކްސް ޕޭޔަރުންނަށް ޖެހޭނެ އިތުރު ބުރައަކަށް ކަމަށް ވިދާޅުވެ މަލީހު އިތުރަށް ވިދާޅުވީ، މި ސަރުކާރުގައި ތިބީ ޅަކުދިންގެ ވިސްނުން ގެންގުޅޭ ބުއްދިވެރިކަމެއް ނެތް ވެރިންތަކެއް ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ބޭރު ދަތުރުފުޅުތަކަށް އެތައް މިލިއަނުން މިހާ ހިސާބަށް ޚަރަދުކުރައްވާފައިވާއިރު، އެއިން އެއްވެސް ދަތުރުފުޅަކުން ގައުމަށް ވެއްދުނު އިންވެސްޓުމަންޓެއް ނުވަތަ ބޭރުގެ އެހީއެއް ފެންނަން ނެތްކަން ފާހަގަކޮށްލެވެއެވެ.

މި ފަހަރުގެ ދަތުރުގައިވެސް ސަރުކާރުގެ ބޮޑު ވަފްދެއް ބައިވެރިކުރިކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved