March 12, 2026
Advertisement
,
, / ފޭސްބުކް

ތަފާތު ޕޯލްއެއް: މިފަހަރު ރައީސް މުއިއްޒާ ވާދަކުރަނީ ފެން ފައިވާނެއް!

Yana Shareef
ޔާނާ ޝަރީފް
Sep 28, 2025, 08:53 PM
މާލެ ސިޓީ

ރައީސް ޑރ.މުހައްމަދު މުއިއްޒާ ފެންފައިވަނަކާ ވާދަކުރި ފޭސްބުކް ޕޯލްއަކުން ފެންފައިވާނަށް ގިނަ ބަޔަކު ވޯޓު ދީފިއެވެ.

Advertisement

ފޭސްބުކް ޕޭޖްއަކުން ކުރިއަށް ގެންދިޔަ މި ޕޯލަށް އެއްހާހަށްވުރެ ގިނަ މީހުން ވޯޓު ދީފައިވެއެވެ. މި ޕޯލުންވެސް ރައީސް މުއިއްޒަށް ތާއިދު ނެތްކަން ހާމަވެއެވެ. މި ޕޯލުން ފެެންފައިވާނަކާ ވާދަކޮށް ރައީސް މުއިއްޒަށް ލިބިފައިވަނީ އެންމެ 23 ވޯޓެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ރައްޔިތުންނަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ގިނަ ވައުދުތައް ވެރިކަމަށް ދެ އަހަރު ވީއިރުވެސް ފުއްދައިދެއްވާފައި ނުވާތީ އެމަނިކުފާނާ މެދު ރައްޔިތުންގެ ހިތްތަކުގައި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ވަނީ އުފެދިފައެވެ.

އޭގެތެރޭގައި ގެއްލުނު ކަނޑު އަނބުރާ ހޯދުމާއި މަސްވެރިން ބާނާ މަސް މިފްކޯއިން ބޮޑު އަގުގައި ގަތުން ހިމެނެއެވެ. މީގެއިތުރުން ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމާއި ކަންކަން ވެސް ވައުދުނާމާގައި ހިމެނެއެވެ.

މި ސަރުކާރުން ރަށްރަށުގައި އައު މަޝްރޫއުތައް ފެއްޓިނަމަވެސް މަސައްކަތް ލަހުން ކުރާކަމުގެ ޝަކުވާ ވެސް ރައްޔިތުން އަންނަނީ ކުރަމުންނެވެ.

މީގެއިތުރުން އިގްތިޞާދީ ގޮތުން އަނދަވަޅެއްގައި އޮތްކަމަށް ބުނެެ ވެރިކަމަށް ވަޑައިގެންނެވީ މި އަނދަވަޅުން ރައްޔިތުން ސަލަމާތްކުރުމަށެވެ,. ނަމަވެސް މި ސަރުކާރުން ވެސް ބަޖެޓުގައި ލޯނުތައް ދެއްކުމަށް ހުށަހެޅިވަރަށްވުރެ އިތުރަށް ލޯނު ދައްކައެވެ.

ތަކެތީގެ އަގު ހެޔޮ ކުރާނެކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު ތަކެތީގެ އަގުއުފުލި ރައްޔިތުންގެ ނުރުހުން އަމާޒުވުމާއެކު ސަރުކާރުން ވަނީ ފުޑް ސެކިޔުރިޓީ ގާއިމް ކުރަން ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved