theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރޭ ރޯވި ލިލީގެ ބާޒާރުމަތީ ފިހާރައިގެ އަލިފާންގަނޑު ނިއްވާލަން ސިފައިން ހަރަކާތްތެރިވަނީ: އަލިފާން ނިވާލެވުނީ ދޮޅުގަޑިއިރަށް ވުރެ ގިނައިރުވީ ފަހުން - ފޮޓޯ: އެމްއެންޑީއެފް / އެމްއެންޑީއެފް
ހަބަރު
ލިލީއަށް 30 މިލިޔަން ރުފިޔާގެ ބޮޑު ގެއްލުމެއް!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
28 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މާލޭގެ މަސް މާރުކޭޓު ކައިރީގައި ހިންގާ "ލިލީ ސަޕްލައި ބާޒާރު 1" ފިހާރައިގައި ރޭ ދަންވަރު ރޯވި އަލިފާނުގެ ސަބަބުން، ލިބުނު ގެއްލުން 30 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް އެ ލީލީ އިންޓަނޭޝަނަލުން ބުނެފި އެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެ އިމާރާތުގެ ފުރާޅާ އެކު އަނދައި، ހަލާކުވެފައިވާ ކަމަށާއި އެ ތަން ދެން ޖެހޭނީ އެއްކޮށް ތަޅާލަން ކަމަށެވެ.

ހާދިސާ ހިނގި އިރު އެ ތަނުގައި ހުރި މުދަލުގެ އަގު 10 މިލިޔަން ރުފިޔާ އަށް އަރައެވެ.

ދެބުރިއަށް ހަދާފައި ހުރި އެ އިމާރާތުގެ މަތީ ބުރީގައި ހުރީ ހިކިމުދަލެވެ. އިމާރާތުގެ ތިރީ ގައި ހުރީ ގަނޑުކޮށްގެން ގެންގުޅޭ ބާވަތްތައް ބަހައްޓާ ކޯލްޑް ރޫމެކެވެ. އެއީ މުޅި ބާޒާރަށް ހޯލްސޭލް ކުރާ ބާވަތްތަކެވެ.

ބިލްޑިންގާއި އެތާ ހުރި އެއްޗިއްސާ އެކު ބަލާއިރު އެއީ 30 މިލިއަން ރުފިޔާގެ ގެއްލުން. އެ ތަނުގައި ހުރި މުދަލުގެ އަގު އެކަނި ވެސް 10 މިލިއަން ރުފިޔާ އަށް އަރާ

- ލިލީގެ މެނޭޖިންގ ޑިރެކްޓަރ އާމިރު

ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކޮށް، ހޯލް ސޭލް އަދި ރީޓެއިލްކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ލިލީގެ އެ ފިހާރާގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ މެންދަމުން އަލިވެ 1:00 ހާއިރު އެވެ.

އޭރުން ފެށިގެން ކުރި މަސައްކަތުން، އަލިފާންގަނޑު ނިއްވައިލެވުނީ 2:30 ވި ފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved