ރައީސް ޔާމީންއަށް ތާއީދު ކުރައްވާ ފަރާތްތަކުން ހައި ކޯޓުގައި / ތޭރަ އޮންލައިން
ހަބަރު, ސިޔާސީ
ރައީސް ޔާމީންގެ މައްސަލަ ނޫނީ ވަޅުޖެހުނު މައްސަލައެއް ނުދެކެން: ޝާހު
Fathmath Reem
ފާތުމަތު ރީމް
10 ޖެނުއަރީ 2024

މިހާތަނަށް ހައިކޯޓުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ނޫނީ ވަޅުޖެހުނު މައްސަލައެއް ނުދެކޭ ކަމަށް ރައީސް ޔާމީންގެ ލީގަލް ޓީމުގައި ހިމެނި ވަޑައިގަންނަވާ ވަކީލް އަލީ ޝާހު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ލަސްވަމުން ދާތީ އެކަމާ ގުޅޭ ގޮތުން ހައި ކޯޓަށް ވަޑައިގެން ޗެނަލް 13 އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެެވެ.

ޝާހު ވިދާޅުވީ މިހާތަނަށް ރައީސް ޔާމިންގެ މައްސަލަ ފިޔަވާ ހައިކޯޓުގައި އެހާ ބާރުމިނުގައި ގެންގޮސްފައިވާ ހުރި އެއްވެސް މައްސަލައެއް ވަޅުޖެހުނު މަންޒަރު ފެނިފައި ނުވާ ކަމަށެވެ.

މިގޮތަށް އަވަހަށް ކުރިއަށް ގެންދެވޭ މައްސަލަތައް މީގެ ކުރިން ވަރަށް އަވަހަށް ނިމިގެންދާކަމަށާއި އެހެންނަމަވެސް ރައީސް ޔާމީންގެ މައްސަލަވެސް ބާރު ސުޕީޑެއްގައި ކުރިއަށް ދިއުމަށް ފަހު ހުކުމްކުރުމާ ހަމައިން މައްސަލަ ވަޅުޖެހިފައިވާ ކަމަށެވެ. އަދި މިކަން މިހެން ވީ ސަބަބެއް ހޯދުމަށް ކުރާ މަސައްކަތުގައި އެންމެ އެދެވޭ ޖަވާބެއް ކޯޓުގެ ފަރާތުން ލިބިފައި ނުވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ދިވެހި ރާއްޖޭގެ ހައިކޯޓުގައި އެހާ ސްޕީޑުކޮށް ގެންގޮސްފަ ހުންނަ މައްސަލަތަކުގައި ކުއްލިއަކަށް ވަޅުޖެހިގެން ނުދޭ މި މައްސަލަ ނޫނިއްޔާ. މިގޮތަށް އަވަހަށް ގެންދެވޭ މައްސަލަތައް ހަމަ ވަރަށް އަވަހަށް ނިމޭ. އެއީ އަޅުގަނޑުމެންގެ ތަޖުރިބާ އަކީވެސް، އެއީ ކޯޓުގެ ހިސްޓްރީއަކީ ވެސް.

- ޝާހު

މީގެ އިތުރުން ޝާހު ވިދާޅުވީ މި މައްސަލަ މިގޮތަށް ކުރިއަށް ދާ ކަމުގައި ވާނަމަ ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެގޮތުން ސުޕްރީމް ކޯޓަށް ދާން ޖެހިއްޖެ ހާލަތުގައި ލީގަލް ޓީމާ މަޝްވަރާ ކުރުމަށް ފަހު އެކަންވެސް ކުރާނެ ކަމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ކުރިއަށް ނުގޮސް ލަސްތަކެއް ވާތީ އެތަށް ބައެއް ކަންބޮޑުވުމާ ފާޑުކިޔުން ވަނީ ސަރުކާރަށާއި ސަރުކާރުން ބުނި މިނިވަންވެފަވާ ޝަރުއީ ނިޒާމަށް އަމާޒުވެފައެވެ. އެންމެ ފަހުން ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ތާވަލުކޮށްފައިވަނީ މިދިޔަ އަހަރު ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އަދި މި އަޑުއެހުމަށްފަހު މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުމާ ހަމައަށް ގޮސްފައިވާއިރު ހައިކޯޓު ވަނީ ރީސެސްއަށް ގޮސްފައެވެ.

އެހެންނަމަވެސް ރީސެސްގެ މުއްދަތުގައި ބައެއް މައްސަލަތައް ބަލަމުން ދާކަމަށް ހައިކޯޓުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދީފައިވާ އިރު ރައްޔިތުންގެ މަސްލަހަތު އެކުލެވޭ މައްސަލައެއް ނުބެލި ލަސްތަކެއް ވަތީ އެތައް ބައެއްގެ ނުރުހުމާ ފާޑުކިޔުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved