theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް ކެނެޑާއިން ވެސް އިލްތިމާސްކޮށްފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
28 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރައީސް މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލް ގާނޫނު ފާސްކޮށްފައިވާތީ މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް ކެނެޑާއިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

ކެނެޑާއިން މިފަދައިން ގޮވާލީ ސްރީ ލަންކާގައި ހުންނަ ކެނެޑާގެ ހައި ކޮމިޝަނުން ކޮށްފައިވާ އެކްސް ޕޯސްޓެއްގައެވެ. އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ނޮން ރެސިޑެންޝަލް ސަފީރަކީ ސްރީ ލަންކާއަށް ވެސް ކަނޑައަޅާފައި ހުންނަ ސަފީރެވެ.

ކެނެޑާއިން މިފަދައިން ގޮވާލީ ސްރީ ލަންކާގައި ހުންނަ ކެނެޑާގެ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ނޮން ރެސިޑެންޝަލް ސަފީރަކީ ސްރީ ލަންކާއަށް ވެސް ކަނޑައަޅާފައި ހުންނަ ސަފީރެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނާއި އެކު މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމުގެ މުހިންމުކޮށް ތަކުރާރުކޮށް ފާހަގަކޮށް ހަނދުމަކޮށްދޭ ކަމަށް ކެނެޑާގެ ހައި ކޮމިޝަނުން ބުނެފައިވެ އެވެ. އަދި ދެ ގައުމުން އެއްބަސްވާ ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ ހައްގުތައް ނެގެހެއްޓުމަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެ އެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއް ކަމަށް ވިދާޅުވެ އެ ގާނޫނު އަނބުރާ ގެންދިޔުމަށް ދިވެހި ސަރުކާރަށް އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކްއާއި އެމެރިކާއިންވެސް ވަނީ ގޮވާލައްވައިފަ އެވެ.

މީގެ އިތުރުން، އދ. ގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އަދި އިނގިރޭސިވިލާތުން ވެސް ވަނީ އެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)، އަދި، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް މި ގާނޫނު އުވާލަން ގޮވާލާފަ އެވެ.

މި ބަޔާންތަކަށް ރައްދު ދެއްވައި މުއިއްޒު ވަނީ، ބޭރުގެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ނުބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved