March 28, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ސޯޝަލް މީޑިއާ

ވަކި ގޮތަކަށް ކަންކުރުމަށް ފަހު އެއީ ތަގްދީރުގައި ހުރި ގޮތޭ ބުނުމަކުން ނުފުދޭނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 29, 2025, 02:39 AM
މާލެ ސިޓީ

ވަކި ގޮތަކަށް ކަންކަން ކުރުމަށް ފަހު އެއީ ތަގްދީރުގައި ހުރި ގޮތޭ ބުނުމަކުން ނުފުދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދާތީ ނުރުހުން އަމާޒުވަމުންދާއިރު، ރައީސް މުއިއްޒު އުޒުރަކަށް ދައްކަވަމުން ގެންދަވަނީ ތަގްދީރު ކަމަށާ ނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ކޯޓުތަކަށް އަތް ބާނާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ އެ ފަނޑިޔާރުންގެ އާއިލީ މީހުންނަށް މަޖިލިސް މެމްބަރުކަން ހަދިޔާގެ ގޮތުގައި ހޯދާދީ ހެދީ ފާޅުކަން ބޮޑުކޮށް ކަމަށާ އެއަށް ފަހު ތިމަން މަނިކުފާނު ކޯޓުތަކަށް ހަގީގަތުގައިވެސް ނުފޫޒު ނުފޯރުވަމޭ ވިދާޅުވެ އެއީ ތަގްދީރުގެ މަތިން ހިނގާ ކަންކަމަށް މަތިކުރުމަކީ ވިޔާނުދާ ކަމެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެހެން މީހުންގެ ޚިޔާނާތުގެ ވާހަކަ ދައްކަން މި ސަރުކާރުން ޓީވީތަކަށް އަރާ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved