March 12, 2026
Advertisement
.
. / ތޭރަ އޮންލައިން

އެމްޑީޕީ އަދި ޕީއެންސީގައި ވެސް ތިބީ ބޮޑެތި ވަގުން: ރައީސް ޔާމީން

Yana Shareef
ޔާނާ ޝަރީފް
Sep 29, 2025, 03:15 AM

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ވެސް ތިބީ ދައުލަތުގެ ބައިތުލްމާލުން ވައްކަން ކުރާ ބޮޑެތި ވަގުންކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހު ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވަނީ މިއަދު ކުރީގެ ފެނަކަ އެމްޑީ ސައީދަށް ކްރިމިނަލް ކޯޓުން ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި ވާހަކަ ފާހަގަކުރައްވާފައެވެ. ސައީދުގެ މޭސްތިރިކަމުގައި ފެނަކައިގައި ކޮށްފައި ހުރި ބޮޑެތި ކޮރަޕްޝަންތަކުގެ ވާހަކަ ދެއްކުމަށް މި ސަރުކާރުގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް އެރުމުން ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"މި ވާހަކަތައް ދިފާއުކުރަން ބާރަށު ޝުޖާއު އަރުވައިގެން މުއިއްޒަށް ކެރޭނެހޭ ވައްކަން ކުރާ މީހުންނާއި ކޮރަޕްޝަން ހިންގާ މީހުންްނާމެދު ފިޔަވަޅު އަޅަން,މީނަތޯ އެންމެ ތާހިރީ މި ވާހަކަތައް ދައްކަން?" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެހެން މީހުންގެ ވާހަކަތައް ދެއްކުމަށް ޝުޖާއު ކުފޫ ހަމަނުވާކަމަށެވެ. މާލީ ބަޔާން ހުށަހެޅުއްވި އިރު އޭގައި ވެސް އޮޅުވާލުންތަކެއް ހުރިކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ސައީދު ފެނަކައިގައި ހުންނަވާ އޭނާގެ ގާތް މީހުންނަށް ދައުލަތުގެ ފައިސާ ބަހާފައިވާއިރު ޕްރޮސެކިޔުޓަރ ޖެނެރަލް އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުކުރާކަމަށެވެ.

މި ސަރުކާރު އައީ ކުރީ ސަރުކާރުގެ ވައްކަންތައް ހާމަކުރާނެކަމަށް ވައުދުވެ ނަމަވެސް ފެނިގެންދަނީ ވައްކަން ކުރި ފަރާތްތަކަށް ހައްގު އަދަބު ނުދެއްވާ މަންޒަރުކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަދި އެމްޑީޕީގައި ވެސް ތިބެނީ ބޮޑެތި ވަގުންކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved