March 19, 2026
Advertisement
އޭސީސީ
އޭސީސީ / އޭސީސީ

ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އޭސީސީން އެދެފި

Aishath Naja
އައިޝަތު ނަޖާ
Feb 28, 2024, 08:56 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވާދަކުރައްވައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަގުސަދުގައި ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ.

Advertisement

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ މީހުން ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

އެގޮތުން އިންތިޚާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ނުވަތަ އާންމު ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުން ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެ ނޫން ގޮތަކަށް ވިއަސް ނުދިނުމާ ނުވަތަ ދޭން ހުށަނޭޅުމާ ވައުދުނުވުމަށް އެ ކޮމިޝަނުން ވަނީ ބަޔާނުގައި އިލްތިމާސްކޮށްފައެވެ.

އޭގެއިތުރުންވެސް އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ މަންފާއެއް ނުވަތަ އެ ނޫން އެއްވެސް ބާވަތެއްގެ އެއްޗެއް ފޯރުކޮށްދޭނެ ކަމަށް ސީދާގޮތުން ނުވަތަ ނުސީދާ ގޮތަކުން ވިޔަސް ވައުދުވުން ކަހަލަ ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަންކަން ނުހިންގުމަށް ވެސް އެ ބަޔާނުގައި ވަނީ އެދިފައެވެ.

ކެންޑިޑޭޓުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ވަސީލަތްތައް ބޭނުން ނުކުރުމަށް ވެސް އޭސީސީން ވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވޭނަމަ އެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އަދި އެފަދަ މައްސަލަތައް ކޮމިޝަންގެ ވެބްސައިޓުގައިވާ އިންތިޚާބަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް އޭސިސީން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved