theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / މުއިއްޒު
ސިޔާސީ
މަޖިލިސް އިންތިޚާބާއި ދިމާކޮށް ފެނަކައިން 12 މިލިއަން ރުފިޔާ ދައުރުކުރިކަން ހާމަވެއްޖެ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
30 ސެޕްޓެމްބަރު 2025
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެންމެ ހަަތަރު ދުވަހަށް ވެފައި އޮއްވާ، ފެނަކަ ކޯޕަރޭޝަނުން ދެ ކުންފުންޏަކަށް 12 މިލިއަން ރުފިޔާ ދޫކޮށް އެ ފައިސާ އެކި މީހުންގެ އެކައުންޓްތަކަށް ދައުރުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ސޯޝަލް މީޑީއާގައި އާންމުވެފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓަުގައި ވަނީ ފެނަކަ އާއި ކެންގޯ ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކާ ދެމެދު ކޮށްފައިވާ މާލީ މުއާމަލާތްތަކެވެ.

މި ޓްރާންސެކްޝަނުގެ ތެރޭގައި ވަނީ ޖެނުއަރީ 1، 2023 އިން ފެށިގެން ސެޕްޓެމްބަރު 30، 2024 ގެ ނިޔަލަށް ކޮށްފައިވާ މުއާމަލާތްތަކެވެ. މި މުއްދަތުގެ ތެރޭގައި ފެނަކައިން 47 ޓްރާންސެކްޝަނެއްގެ ދަށުން ކެންގޯއަށް 37 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ފެނަކައިން ހެދި ޓްރާންސެކްޝަނުގެ ތެރެއިން ތެރެއިން 17 ޓްރާންސެކްޝަނެއް އެފްއައިޔޫގެ ސަމާލުކަމަށް އައިސްފައި ވެ އެވެ. މިއީ 2022 އަދި 2023 ވަނަ އަހަރު ފެނަކަ އާއެކު ހަދާފައިވާ އެއްބަސްވުންތަކަށް އެ ކުންފުންޏަށް ދޫކުރި ފައިސާތަކެކެވެ.

އޭގެ ތެރެއިން މަޖިލިސް އިންތިހާބަށް ތިން ދުވަސް ވެފައި ވަނިކޮށް އެޕްރީލް 17، 2024 ވަނަ ދުވަހު ކެންގޯއަށް 2،466،955ރ. ފެނަކައިން ފޮނުވާފައިވެ އެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް މި ފައިސާ ފޮނުވާފައިވަނީ އެ ރޭ ދަންވަރު 02:00 ހާއިރު އެވެ. ކެންގޯގެ އެކައުންޓަށް އެ ފައިސާ ލިބުމާއެކު ވަގުތުން އެ ފައިސާ އެހެން އެކައުންޓުތަކަށް ފޮނުވާފައިވާކަން އެސްޓީއާރުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ފެނަކައިން ޑީ އެންޑް ވީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް 16 އޭޕްރީލް 2024ގައި ދެ މުއާމަލާތަކުން ފޮނުވި ފައިސާ ވެސް ކެންގޯ ކުންފުންޏަށް ބަދަލުކުރި އެވެ.

ފެނަކަ ކުންފުނީގެ ތެރެއިން ބޮޑު ކޮރަޕްޝަނެއް ތިލަވެފައިވާއިރު ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދަށް ފެނަކައިން އިސްތިއުފާ ދެއްވި އިރު ވެސް އޭނާއަށް މިފަދަ ތުހުމަތުތައް އަމާޒުވެފައިވެއެވެ.

މިއާއިއެކު، ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވަނީ ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved