theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ކޮރަޕްޝަނާއި ގުޅޭ މަތީ ފެންވަރުގެ ކޮންފަރެންސްއެއް ބާއްވަން ނަޝީދު ގޮވާލައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
30 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ކޮރަޕްޝަން ހުއްޓުވުމަށާއި މަގާމުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ދައުލަތުގެ ހަޒާނާއިން ވައްކަކުރާ މައްސަލަތަކުގައި މަޝްވަރާކޮށް ފިޔަވަޅު އެޅުމަށް މަތީފެންވަރުގެ ކޮންފަރެންސްއަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދުގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއް ހިއްސާކޮށްފައެވެ.

މި ބަޔާނުގައި ވާގޮތުން މި ކޮންފަރެންސްއަކީ އެކި ސަރުކާރުތަކުގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަަލަތައް ބަލާ ތަހުލީލުުކުރުމަށް ބާއްވާ ކޮންފަރެންސް އެކެވެ. މިއީ ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް ދެމެހެއްޓެނިވި ހައްލެއް ގެންނަން ދިގު ރާސްތާގައި ފަށާ ހަރަކާތެއް ކަމަށް ބަޔާނުގައިވެ އެވެ.

މި ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ މުހިއްމު ނުކުތާތައް ތިރީގައި އެވަނީއެވެ:

  • ގާނޫނީ ތަޖުރިބާކާރުންނާއި މުޖުތަަމައުގެ ލީޑަރުންނާއި ނޫސްވެރިންނާއި ބައިނަލްއަގުވާމީ އޮބްޒާވަރުން މި ކޮންފަރެންސްގައި ބައިވެރިވާނެ

  • އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަދި ފައިނޭންސް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ އަލީ ހާޝިމް ބައިވެރިވުމާއި އެހީތެރިކަން ލިބޭނެ

  • ކުރީގެ އިކޮނަމިކް މިނިސްޓަރު މަހްމޫދު ރާޒީ ބައިވެރިވުމާއި އެހީތެރިކަން ލިބޭނެ

  • ކޮރަޕްޝަންގެ އަމަލުތަކަށް ފުޅާ ދާއިރާއެއްގައި ނަޒަރު ހިންގައި ބަލައި ގަނޑަށް އެކަންކަން ތިރިކުރެވޭނެ

  • އެ އާދަކާދަ ބަދަލުކުރަން ބޭނުންވާ ބައިނަލްއަގުވާމީ އަދި އެތެރޭގެ އެހީތެރިކަން ހޯދަން ވެސް ފުރުސަތު ލިބޭނެ

  • ވިސުލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށްވެފައިވާ މީހުންގެ ހެކިބަސް ނެގޭނެ

  • ލިޔެކިއުންތައް ބެލުމާއި ގާނޫނީ އިސްލާހުތަކާއި ދެފުށްފެންނަ އިޖުރާއަތުތަކާއި އުސޫލުތައް އަދި ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމާގުޅޭ ގޮތުން އިސްތިރާޖީ މަޝްވަރާތައް ހިންގޭނެ

  • ޖަވާބުދާރީވާ ވެރިކަމުގެ ބާރާ ނުފޫޒު ނުފޯރުވޭ އަދި ސަރުކާރުތަކާއެކު ބަދަލުނުކުރެވޭނެ އޮނިގަނޑުތަކާއި އިޖުރާއަތުތައް ގާއިމުކުރަން މަގުފަހިވާނެ

މަތީ ފެންވަރުގެ މަޝްވަރާއަކަށް ނަޝީދު ގޮވާލައްވާފައި މިވަނީ، ކޮރަޕްޝަން ހުއްޓުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިފަހުން ވިދާޅުވެފައި ވަނިކޮށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved