
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިންޑިއާގެ ނޫހެއް ކަމަށްވާ ސުޕަޓިކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ކޮލަމްބޯ ކޮންކޭވު ގައުމުތަކަށް ކުރާ މަންޒަރު ފެންނަމުންދާ ކަމަށާ ކިހާ މިންވަރަކަށް އެކަން ގޮސްދާނެ ކަމަށް ގަބޫލުކުރަންތީ އެހި ސުވާލަށް ޖަވާބު ދެއްވަމުން ނަޝިދު ވިދާޅުވީ، ރާއްޖެއަކީ އާމްދަނީ ހޮދަން އެންމެ ބޮޑަށް ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ.
އެގޮތުން ޓުރިސްޓު އެރައިވަލްގެ 30 އިން ސައްތަ ދަށަށް ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވެއވެެ. މީގެ އިތުރުން ރާއްޖެއަކީ ގިނަ މުދާ އިމްޕޯޓުކުރާ ގައުމެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވެފައިވަނީ، ހަނގުރާމައިގެ ސަބަބުން ތެލާ ކާބޯތަކެތީގެ އަގުވެސް މައްޗަށް ގޮސްފައިވާ ކަމަށެވެ.އެއީ ދިވެހީންނަށް ޗެލެންޖަކަށް ވާނެ ކަމެއް ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ، މި އަހަރަށް ޚަލާސް ކުރަން ޖެހޭ ބޮޑު ދަރަނި ހުރި ކަމަށާ ސަރުކާރުގެ ރެވެނިއު ދަށަށް ދަމުންދާއިރު ޑިފޯލްޓެއްގެ ތުންފަތްބަތީގައި ނުވަތަ ރާއްޖެ ބަނގުރޫޓޫވުމުގެ ބިރު އެބައޮތް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ދިވެހި ސަރުކާރުން ނަމަވެސް ބުނަމުންދަނީ ރާއްޖެއަށް ކަންބޮޑުވުމެއް ނެތް ކަމަށެވެ.










