
އިސްރާއީލަކީ 'ބައްޕަ' ކަމަށް ބަލައިގެން އޮތް އިންޑިއާއިން، މުޅި މި ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޖެހޭ ކަމަށް ބުނެ، ކުރީގެ ރައީސް ނަޝީދު އަނެއްކާވެސް ދިވެހި ފަސްގަނޑަށް ބޭރުގެ ނުފޫޒު ވެއްދުމަށް ބާރުއަޅުއްވައިފިއެވެ.
މެދު އިރުމަތީގެ ހަނގުރާމައާ ގުޅުވައިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމުގެ ބިރު ދައްކަވަމުން ނަޝީދު ގޮވާލައްވަނީ، އިސްރާއީލަށް ހުރިހާ ގޮތަކުން ވާގިވެރިވާ އިންޑިއާގެ އަސްކަރީ ބާރުވެރިކަން މި ސަރަހައްދުގައި ގަދަކުރުމަށެވެ. މިއީ ކުރީގެ އެމް.ޑީ.ޕީ ސަރުކާރުން އިންޑިއާ ސިފައިން ރާއްޖެ ގެނެސް، ގައުމުގެ މިނިވަންކަން ނުރައްކަލަށް ހުށަހެޅި ސިޔާސަތުގެ ކުރިއެރުމެއްކަމަށް ގިނަ ބަޔަކު ބުނެެއެވެ.
ރާއްޖޭގެ ދިފާއީ ކަންކަމުގެ ތެރެއަށް އިންޑިއާ ވެއްދުމަށް ނަޝީދު ކުރައްވާ މި މަސައްކަތަކީ، އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ މެދުވެރިކޮށް ރާއްޖޭގެ މިނިވަންކަމަށް އަތްގަދަކުރުމަށް ހުޅުވާލެވޭ ދޮރެއްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.










