March 25, 2026
Advertisement
ކުރީގެ ރައީސް ނަޝީދު
ކުރީގެ ރައީސް ނަޝީދު / -

ކަނޑުން ދޫކޮށްލި ބައި ސިފައިން ބަލަހައްޓަން ފެށީ ޔޫއެސް އަދި ޔޫކޭގެ ރުހުމާއެކު ކަމަށް ވެދާނެ: ނަޝީދު

Yana Shareef
ޔާނާ ޝަރީފް
Feb 7, 2026, 12:19 AM

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި އެމްއެންޑީއެފް އިން ބަލަހައްޓަން ފެށީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ރުހުމާއެކު ކަމަށް ވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް، ޔޫކޭ ޗާގޯސް އެގްރިމަންޓަށް އެއްބަސްވެވަޑައިގަތީ ޗާގޯސް މޮރިޝަސް އަށް ދިނުމަށް ނޫން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. ދިވެހިރާއްޖޭގެ ދައުވާ ބަލަން ޖެހޭ ކަމަށް އެމެރިކާ އަދި އިނގިރޭސިންނަށް މިހާރު ބުނެވޭނެ ކަމަށާއި ޗާގޯސް މޮރިޝަސް އަށް ދެވެން ނެތް ކަމަށް ވެސް ބުނެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ކޯސްޓް ގާޑް އަމަލުކޮށްފައި އެ ވަނީ އެމެރިކާ އަދި އިނގިރޭސިންގެ ރުހުމާއެކު ކަމަށް ވެސް ވެދާނެ. ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާ އިރު، މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވަނީ، ޗާގޯސްގެ މައްސަލާގައި ކުރީގެ ރައީސް ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސިޔާސަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ އެ ސިޓީ އަނބުރާ ގެންނަން ދިވެހި ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

މުއިއްޒުގެ ވާހަކައާ ގުޅިގެން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މުއިއްޒު އެގޮތަށް އިއުލާން ކުރައްވާފައިވާތީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކުރާ ރާއްޖޭގެ ސަރަހައްދު ދިފާއުކޮށް، ބަލަހައްޓަން ދިވެހި ސިފައިންގެ ގާބިލުކަން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެ ބަޔާުނުގައި ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved