March 13, 2026
Advertisement
ނަޝީދު ބޭނުންވަނީ އިޒްރާއީލަކީ ބައްޕަކަމަށް ބުނި އިންޑިއާއިން މި ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަން!
ނަޝީދު ބޭނުންވަނީ އިޒްރާއީލަކީ ބައްޕަކަމަށް ބުނި އިންޑިއާއިން މި ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަން! / ތޭރަގްރެފިކްސް

ނަޝީދު ބޭނުންވަނީ އިޒްރާއީލަކީ ބައްޕަކަމަށް ބުނި އިންޑިއާއިން މި ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަން!

Mar 13, 2026, 12:31 AM
މާލެ ސިޓީ

އިންޑިއާ ކަނޑުގެ ސެކިއުރިޓީ ބަލަހައްޓަން އެމެރިކާ އަތްގަދަ ނުކުރާނެ ފަދަ ގޮތަށް އެކަން ހަމަޖައްސާ އިންޑިއާއިން މުޅި ސަރަހއްދުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވާ ގޮތްކަމަށް ހާމަކޮށްފިއެވެ.

Advertisement

އައިރިސް ޑޭނާ ފެތުމުން އެމެރިކާއިން އިންޑިއާ ކަނޑުގެ ސަރަހއްދަށް އަތްގަދަ ކުރަން މަސައްކަތްކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ބުނެ އިންޑިއާގެ މީޑިޔާއެއް ކަމަށްވާ ސުޕަޓިކުން ވަނީ އެކަމާ ގުޅިގެން ނަޝީދުއާ ސުވާލުކޮށްފައެވެ.

އެގޮތުން ސަރަހައްދުގެ ކޮންޓްރޯލު އެމެރިކާއިން ނަގާފާނެ ކަމުގެ ބިރު ނެތްތޯއާ އިންޑިއާ ކަނޑުގެ ސެކިއުރިޓީ އިންޑިއާއިން ބެލެހެއްޓުމާ މެދު ނަޝީދު ދެކޭ ގޮތަކީ ކޮބައިކަމާ މެދު ސުވާލު ކުރުމުން ޖަވާބުގައި ނަޝީދު ވިދާޅުވެފައިވަނީ އެމެރިކާއިން މި ސަރަހައްދުގެ ތެރެއަށް ސެކިއުރިޓީއަށް އަތްގަދަ ކުރަން ފުރުސަތު ނުދެވޭނެ ފަދަ އިންތިޒާމުތައް ހަމަޖައްސަންް ޖެހޭ ކަމަށާ އެމެރިކާއިން އެމީހުންގެ ފައިދާއަށް ނޫން ގޮތަކަށް ކަމެއް ނުކުރާނެ ކަމަށެވެ.

ނަމަވެސް އެކަމަށް އިންޑިއާއަށް ވަގުތު ނަގާނެ ކަމަށާ އިންޑިއާއިން ސަރަހައްދުގެ ނެޓު ސެކިއުރިޓީ ބަލަހައްޓަން ނުވަތަ އެފަދަ ރައްކާތެރިކަމެއް ސަރަހައްދުގެ ގައުމުތަކަށް ފޯރުކޮށްދިނުމަށް އެމެރިކާއާ ދެކޮޅަށް ކަންކަން ކުރުމަށް އިންޑިއާއަކީ ވަރުގަދަ ގައުމެއްގެ ގޮތުގައި ފެނުން މުހިއްމު ކަމަށެވެ. އެމެރިކާއިން ޗެލެންޖުކޮށްފި ނަމަ އެކަމާ ދެކޮޅަށް އިންޑިއާއިން ތެދުވަން ޖެހޭ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން މި ސަރަހައްދުގެ ނެޓު ސެކިއުރިޓީ ބަލަހައްޓަން އެމެރިކާއާ ދެކޮޅަށް ތެދުވެ ވަރުގަދަ ވުމަށް ނަޝީދު ބޭނުންވާއިރު އިންޑިއާއަކީ އެމެރިކާގެ އަނެއް ބައިވެރިޔާ، އިޒްރޭލަކީ ބައްޕަ ކަަމަށް ގަބޫލުކުރާ ބައެއްކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމުން އެއީ އެ ގަލަކުން ފެހި ކަހާ ދެ ރޮނޑުގެ ގޮތުގައި ސިފަކުރެވިދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved