March 10, 2026
Advertisement
ދިރާގުން އެވޯޑާ ހަވާލުވަނީ
ދިރާގުން އެވޯޑާ ހަވާލުވަނީ / ދިރާގު

ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވަރކް އެވޯޑް ތިން ވަނަ ފަހަރަށް ދިރާގަށް!

Aishath Naja
އައިޝަތު ނަޖާ
Feb 28, 2024, 09:32 PM
މާލެ ސިޓީ

"އޫކްލާ"ގެ 'ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކް'ގެ އެވޯޑު ދިރާގަށް އަނެއްކާވެސް ލިބިއްޖެއެވެ.

Advertisement

2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރުވަނަ ކުއާޓަރުގެ ޕަރފޯމަންސަށް ބަލާ މި ލިބުނު އެވޯޑަކީ ދިރާގަށް މި މަޤާމް ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރުކަން ފާހަގަކޮށްލެއެވެ.

އޫކްލާއިން މި އެވޯޑް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށް ހިނގަމުންދާ މޯބައިލް ވާރލްޑް ކޮންގްރެސް 2023 ގައެވެ.

ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާޢީލް ރަޝީދެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނިކަމަށްވާ އޫކްލާގެ ނެޓްވަރކްޓެސްޓިންގ ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓްއިން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ނެޓްވަރކްތަކުގެ ފެންވަރު ބަލާ، އެތައް ސަތޭކަ މިލިއަން ޑޭޓާ އެއްކޮށް ދިރާސާކުރެއެވެ.

އެގޮތުން އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓްއިން ދައްކާގޮތުގައި ދިރާގުން ވަނީ 2023 ވަނަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި އެންމެ ހަލުވި މޮބައިލް ސްޕީޑް ހޯދައި ރައްޖޭގެ މޮބައިލް މާރކެޓް ލީޑަރުގެ މަގާމު ހޯދާފައެވެ.

ދިރާގުގެ ސީއީއޯ އިސްމާއީލް ވިދާޅުވ، ޖެހިޖެހިގެން ތިން ވަނަ އަހަރުވެސް އޫކްލާއިން ދިރާގަށް 'ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވަރކް' އެވޯޑް ލިބުމުގެ އުފާވެރި ޙަބަރު ކަސްޓަމަރުންނާ ހިއްސާކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަަމަށެވެ.

އަދި މިކަމުން ދައްކުވައިދެނީ އެންމެ ފުރިހަމަ ހިދުމަތާއި ފެންވަރު ރަނގަޅު ތަޖުރިބާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ޓީމުން ކުރާ މަސައްކަތާއި ދޭ ހާއްސަ އަހައްމިއްޔަތުކަން ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved