March 12, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ގައުމު މި ހާލަތަށް ވެއްޓުނީ އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ގައުމު ދޮވެލާފައި ދިއުމުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Oct 1, 2025, 12:31 AM
މާލެ ސިޓީ

ގައުމު މި ހާލަތަށް ވެއްޓުނީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ގައުމު ދޮވެލާފައި ދިއުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޓައުން ހޯލު ޖަލްސާގައި ގައުމުގެ ހާލަތަށް ނަޒަރު ހިންގަވާލައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ހާލަތުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީގެ ކުރީ ސަރުކާރުން ކަމަށާ ނަމަވެސް އެއީ އަކީ ރައީސް މުހައްމަދު މުއިއްޒު ކަންކުރައްވާ ގޮތް ރަގަޅު ވެގެން ދަންނަވާ ވާހަކަފުޅެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ވަނީ ކުރީ ސަރުކާރުން ހިންގާފައި ހުރި ކޮރަޕްޝަންގެ އަމަލުތަކަށް ނަޒަރު ހިންގަވާ އެކަންކަމުގައި ފިޔަވަޅު އެޅިގެން ދިޔަގޮތާ މެދުވެސް ނުުރހުން އަމާޒުކުރައްވާފައެވެ. އެގޮތުން ކޮވިޑުގެ ތެރޭގައި ހިންގި ވެންޓިލޭޓަރުގެ ބޮޑު ބިޔަ ވައްކަން ނުބެލި އޮތްކަމާ ފެނަކައިގެ ތެރެއިން ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްސަލައެއް ބަލާ ހުކުމް ކުރިއިރު އޭނާއަށް މަނީ ލޯންޑަރިންގެ ދައުވާ ނުކުރި ސަބަބާ މެދު ސުވާލު އުފައްދަވާ ރައީސް ޔާމީން ވިދާޅުވީ، ވަކި މީހަކަށް ވަކި ގޮތެއް ޕްރޮސެކިއުޓާރ ޖެނެރަލްއަށްވެސް ނުހެދޭނެ ކަމަށާ މިހާރު ފެންނަ އުސޫލުގެ ސަބަބުން ހަނދުމަށްފުޅަށް އަންނަނީ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވާ ފަދައިން ކުޑަކެކުރި ބޮޑު ކެކުރި އުސޫލު ކަމަށެވެ.

ގައުމު މި ހާލަތަށް ވެއްޓުނީ އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ގައުމު ދޮވެލާފައި ދިއުމުން. މިއީއަކީ މުއިއްޒު ކަންކުރައްވާ ގޮތް ލަފާދާރުވެގެން އެކަމަށް އަޅުގަޑު ތައުރީފުކުރަނީ އެއް ނޫން. އެކަމަކު ސޯލިހުގެ ސަރުކާރުގައި ދެއްތޯ ވެންޓިލޭޓަރ ފަދަ ބޮޑެތި ވައްކަންތައް ހިނގާފައި ހުރީ

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ގައުމުގެ ކަންކަމުގެ ފުރިހަމަ ޒިންމާ އެމްޑީޕީ ނަގަން ޖެހުނު ނަމަވެސް ރައީސް މުއިއްޒުވެސް ވައުދުތައް ނުފުއްދަވާ ހުންނަވާ ތަގުދީރާ ކަންކަން މަތިކުރުން ޒިންމާދާރު ނޫން ކަމަށާ އެއީ ވިޔާނުދާ އަމަލެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved