March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

‎ކޮންމެ ބަމްޕަރެއް ކައިރީ ފުލުހުއް: ރައްޔިތުންނަށް ކޮށްލާ ޖެއްސުމެއްބާ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 2, 2025, 08:53 PM
މާލެ ސިޓީ

ހުޅުމާލެ މަގުތަކުގައި މިހާރު ހަރުކޮށްފައިވާ އާ ބަމްޕަރުތަކުގެ ސަބަބުން އުނދަގޫތައް ކުރިމަތިވަމުންދާތީ އާންމުންގެ ޝަކުވާތައް ބޮޑުވެފައިވާއިރު ކޮންމެ ބަމްޕަރެއްގެ ކައިރީގައި ފުލުހުން ޑިއުޓީ ކުރާ އުސޫލުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement

މި ބަމްޕަރު ނުވަތަ ބްރޭކަރުތަކުގެ ސަބަބުން ކިތަންމެ މަޑުން ދުއްވިޔަސް ބްރޭކަރުތަކުގެ ޑިޒައިންގެ ގޮތުން އަރާ ފައިބާއިރު އުނަގަނޑުގައި ރިއްސާ، ހަށިގަނޑަށް ގިނަ ތަދުތައް އަރާ ކަމަށް ބުނެ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށް މި ބްރޭކަރުތައް ނަގައިދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި މީގެ ސަބަބުން ދުއްވާ އުޅަނދުތަކަށްވެސް ގެއްލުންވަމުންދާ ކަމުގެ ޝަކުވާތައް ކޮށްފައިވެއެވެ.

ނަމަވެސް މި ރައްޔިތުންގެ މި އެދުމަށް ސަރުކާރުން ދެއްވި ޖަވާބަކީ ކޮންމެ ބްރޭކަރެއް ކައިރީ ފުލުހެއް ބަހައްޓައިގެން އެ ބްރޭކަރުތަކަށް ރައްޔިތުން އަރަން މަޖުބޫރު ކުރުވުމެވެ.

ބްރޭކަރުތަކަށް ނާރާ މީހުން ދުއްވަން ފެށުމުން އެއަށް އެރުމަށް މަޖުބޫރުކޮށް ކޮންމެ ބްރޭކަރެއް ނިމޭ ތަނުގައި އިތުރު ޖާގައެއް ނުދީ ފުލުހުން ތިބުމަކީ ރައްޔިތުން އިތުރު ނުރައްކަލަކަށް ސަރުކާރުން ގަސްތުގައި ހުށަހެޅުމަށް އާރާއި ބާރުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ނުވަތަ އިދިކޮޅު ފަރާތްތަކަށް ކޮށްލާ ޖެއްސުމެއްގެ ގޮތުގައި ސިފަވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބްރޭކަރުތައްވެސް ހަރުކުރަންވީއެވެ. ނަމަވެސް އެކަން ކުރަންވާނީ އާންމު ރައްޔިތުންނަށް އިތުރު ބުރައެއް ނުއުފުއްލޭ ގޮތަށެވެ. ގާނޫނުގެ ތެރެއަށް ރައްޔިތުން ވައްދަންޖެހޭނީ އޭގެ ސަބަބުން ރައްޔިތުންގެ ހަރު މުދަލާއި ސިއްހަތަށް އިތުރު ތަކުލީފުތައް ނާންނަ ގޮތަށެވެ.

މިހާތަނަށް 36 އަށް ވުރެ ގިނަ ބަމްޕަރުތައް ހަރުކޮށްފައިވާއިރު މި ތަކެތި ނަގާ، ރަނގަޅު ބްރޭކަރުތަކެއް ހަރުކޮށްދިނުމަށް ރައްޔިތުން އަންނަނީ އެދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved