April 29, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ރޭގެ ޕީއެންސީ ހަރުގެ ޖަލްސާއަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ނެރެ ހާޒިރީ މާކު ކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 2, 2025, 08:52 PM

ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޕީއެންސީގެ ހަރުގެ ޖަލްސާއަށް ނެރެ, ހާޒިރީ ބެލިކަން ހާމަވެއްޖެއެވެ.

Advertisement

ތޭރަ އޮންލައިންއަށް މައުލޫމާތު ދިން ސަރުކާރު ކުންފުނީގެ މުވައްޒަފަކު ބުނީ ހާޒިރީ ބަލާނެކަމަށް ބުނެ ޖަލްސާއަށް ދިޔުމަށް މަޖުބޫރުކުރިވިކަމަށެވެ.

އޭގެތެރޭގައި ވެމްކޯގެ މުވައްޒަފުން ވެސް ހިމެނެއެވެ. ވެމްކޯ މުވައްޒަފުންތަކެއް ބުނީ ޕީއެންސީ ހަރުގެ ޖަލްސާއަށް ބޯގިނަކުރަން ވެމްކޯ މުވައްޒަފުން ގެންދިޔައީ އެމީހުން ކުރަމުން އަން ކުނި ނެގުމުގެ މަސައްކަތް ހުއްޓުވާލާފައިކަމަށެވެ. އަދި ވަރަށް ގިނަ ގޭގޭގައި ރޭ ކުނި ނުނަގާ ހުރިކަން ވެސް ފާހަގަކުރިއެވެ.

ޕީއެންސީން ޖަލްސާ އޮންނާނެކަން އިއުލާންކުރުމުގެ ކުރިން ބައްދަލުވުންތައް ބާއްވައި ޖަލްސާއަށް ދިޔުމަށް މުވައްޒަފުންނަށް އަންގަމުންދިޔަ ކަމަށް ވެސް ބައެއް މުވައްޒަފުން މައުލޫމާތު ދީފައިވެއެވެ.

ރޭގެ ޖަލްސާއަށް ދިޔަ މީހުންގެ ތެރޭގައި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި އެ ޕާޓީއަށް ނިސްބަތްވާ މާލޭ ސިޓީގެ ކައުންސިލަރުންނާއި ސިޔާސީ މަގާމްތަކުގައި ތިބި މީހުން ވެސް ހިމެނެ އެވެ.

ހާޒިރީ ބަލައި މަޖުބޫރުކޮށްގެން ޕީއެންސީގެ ޖަލްސާއަށް ގިނަ މުވައްޒަފުން ގެންދިޔުމަށްފަހު އެ މަންޒަރު ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކޮށް ޕީއެންސީގެ އެކްޓިވިސްޓުން އަންނަނީ އެއީ ރައީސް މުހައްމަދު މުއިއްޒަށް އޮތް ތާއީދު ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved