April 29, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމްއެމްޕީއާރް މައްސަލައިގައި މިހާތަނަށް ބަލައި އަދަބުދީ ފްރޭމް ކުރީ އެންމެ މީހެއްގެ މައްސަލައެއް: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 3, 2025, 07:39 AM
މާލެ ސިޓީ

އެމްއެމްޕީއާރްސީ މައްސަލައިގައި މިހާތަނަށް ބަލައި، ތަހުގީގެއް ހިންގައި، ނުހައްގުން އަދަބުދީ ފްރޭމްކޮށްފައިވަނީ ހަމައެކަނި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްއިން މިރޭ ކުރިއަށް ގެންދިޔަ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ މައްސަލައިގައި ސީދާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަންގަވައިގެން އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެމަނިކުފާނު ފްރޭމް ކުރައްވައިގެން ކުރި ކަމެއް ކަމަށް އެގިވަޑައިގަންނަވާ ކަމަށެވެ.

އަދި މިއީ ފަނޑިޔާރުތަކާއި ގުޅިވަޑައިގެން ހެއްކާއި ގަރީނާއަށް ބާރު ފޯރުވައި ދުރާލާ ރާވައިގެން ސިޔާސީ މަންފާއަށް ހިންގާފައިވާ ބޮޑު ޖަރީމާއެއްގެ ގޮތަށް ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ.

އޭރުގެ ސަރުކާރުގެ ތެރެއިން ނުހައްގުން މީހަކަށް މިހާ ބޮޑު އަނިޔާއެއް ރައީސް ސާލިހްގެ އިރުޝާދާއި ނުލާއި ނުދެވޭނެ ކަމަށާއި މިއީ ތަހުގީގު ކުރަން ޖެހޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވަނީ ގޮވާލާފައެވެ.

މިއާއިއެކު މިހާރު ހިނގަމުންދާ ރައީސް ޔާމީނުގެ ކޯޓް ކޭސްއަށްވެސް މުހައްމަދު ރިޔާޒަށް ސަޕީނާ (subpoena) ކޮށްފައިވާނެ ކަމަށާއި ވިޓްނެސް ސްޓޭންޑަށް އަރަން ކެރިވަޑައިގަންނަވާނަމަ ކޯޓަށް ހާޒިރުވުމަށްވެސް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، މިހާރުގެ ސަރުކާރު ޒިންމާދާރުކުރުވުމަށް މާދަމާ އެމްޑީޕީއިން އިސްނަގައިގެން ބާއްވާ އެއްވުމަކީ ކޮރަޕްޝަނާއި ވައްކަމާއި ދެކޮޅަށް އަޑުއުފުލުމަށް ކުރައްވާ ރަނގަޅު ކަމެއް ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އޭރުގައި އެމްޑީޕީ ސަރުކާރުން ކަންތައް ކޮށްފައިހުރީ ވަރަށް މުޑުދާރުކޮށް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved