April 29, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އިޒްރޭލާއި ދެކޮޅަށް ދިވެހި ސަރުކާރުން ވަރުގަދަ ލައިނެއް އަޅަންޖެހޭ: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 3, 2025, 07:40 AM
މާލެ ސިޓީ

ނިރުބަވެރި އިޒްރޭލާއި ދެކޮޅަށް ދިވެހި ސަރުކާރުން ވަރުގަދަ ލައިނެއް އަޅަން ޖެހޭ ކަމަށާއި އަރަބި އިސްލާމީ ލީޑަރުންހެން ނުފެންނަ ކަމަށް ހެދިގެން ތިބެވެން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން ވިދާޅުވީ ޣައްޒާގެ ކުދިންނަށް ޙައްޤު މިންވަރަކީ އެއްފައި މަތީގައި ހިނގުންތޯ ސުވާލުކުރައްވާ އެމަނިކުފާނު ވިދާޅުވީ ޖޯޑަން ފަދަ ގައުމުތަކުގައި ކުޑަކުދިން އުފަލާއި ހިތްހަމަޖެހުމުގައި ތައުލީމާއި އެނޫންވެސް ބޭނުންތައް ފުއްދައިގެން އުޅޭ އިރު ފަލަސްތީނުގެ ކުދިން މި އުފަލާއި ޒަރޫރީ ބޭނުންތަކުން މަހުރޫމްވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ފަލަސްތީނުގެ ކުދިން އުމުރު ދުވަހު އުޅެންޖެހޭނީ އަނިޔާވެރިކަމާއި ނުތަނަވަސްކަމުގައި ނޫން ކަމަށާއި އަރަބި އިސްލާމީ ބޮޑެތި ގައުމުތަކުގެ ލީޑަރުންނަށް މި މަންޒަރުތައް ނުފެންނަ ކަމަށް ހެދިގެން ތިއްބަވަނީ ކީއްވެގެންތޯ އެމަނިކުފާނު ވަނީ ވަރަށް އަސަރާއި އެކު އައްސަވާފައެވެ.

ޔޫރަޕުގެ ގައުމުތަކުން ގްލޯބަލް ސުމުދް ފްލޮޓިލާއަށް ހިމާޔަތާއި ރައްކާތެރިކަން ދިން އިރު އިސްލާމީ ގައުމުތަކުން އަޅާނުލާ ތިބުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމުގައި ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ.

ޖޯޑަންގައި ކުދިން ހިތްހަމަޖެހިގެން އުފަލުގައި ތިބޭއިރު ޣައްޒާ ކުދިން ކީއްވެގެންތޯ އެ އުފަލުން މަހުރޫމް ވާންވީ. އެކުދިންނަށް ހައްގު މިންވަރަކީ އެއްފައި މައްޗަށް ހިނގުންތޯ.

ރައީސް ޔާމީން ވިދާޅުވިއެވެ.

ސަހްޔޫނީން ވަނީ ސީރިއާ، ލުބްނާން އަދި ޣައްޒާ މުޅިންހެން ފުނޑާލާފައިކަމަށާއި ދިވެހި ސަރުކާރުން އިޒްރޭލުގެ ޕާސްޕޯޓާއި، އިޒްރޭލް މީހުންނާއި މުދާ ރާއްޖެއަށް އެއްކޮށް އެތެރެވުން މަނާކުރެވެން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިފަދަ ރަމްޒީ އެތައް ކަމެއް ފަލަސްތީނުގެ ޙައްގުގައި ދިވެހި ސަރުކާރަށް ކުރެވެން ވާނެ ކަމަށާއި މިއީ ވަރަށް ކުޑަ މިންވަރެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަހްޔޫނީންނަށް ވާގިވެރިވާ އެމެރިކާ ބުނާ ހުރިހާ ގޮތެއް ހަދައިގެން އިސްލާމީ ވެރިން ތިއްބަސް ދިވެހި ސަރުކާރުން އެފަދައިން ކަންތައް ކޮށްގެން ނުވާނެ ކަމަށާއި މަދު ޑޮލަރުކޮޅަކަށް އިސްލާމީ އުއްމަތްތައް ނިކަމެތިވާން ދޫކޮށްނުލުމަށް ރައީސް ޔާމީން ގޮވާލެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved