April 29, 2026
Advertisement
މުއިއްޒު
މުއިއްޒު / ވަގުތު.އެމްވީ

ރައްޔިތުންގެ ޕްރެޝަރ ބޮޑުވުމުން, ފަސް ހަފުތާތެރޭ ބިލުތަކަށް ފައިސާ ދައްކާނެކަމަށް މުއިއްޒު ބުނެފި

Yana Shareef
ޔާނާ ޝަރީފް
Oct 3, 2025, 08:00 AM

ރައްޔިތުންގެ ޕްރެޝަރ ބޮޑުވުމުން ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ކުރިއަށްއޮތް ފަސް ހަފުތާގެ ތެރޭ ފައިސާ ދައްކައި ނިންމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅެއްޖެއެވެ.

Advertisement

މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، އަމިއްލަ ގިނަ ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާތަކެއް އޮތީ ނުދައްކައެވެ. އޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކަކުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހިމެނެއެވެ.

މުއިއްޒު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވައި ފައިސާ ނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ ނިންމޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގުތިސާދު ނަގައި ކޮޅަށް ޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން ހާސިލުކުރެވިގެން އެދަނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved