March 20, 2026
Advertisement
ޜައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި
ޜައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި / ޝަފްރާޒް | ތޭރަ އިމޭޖްސް

ހޮސްޕިޓަލު އެޅުމަކީ ފަސޭހަކަމެއް، ނަމަވެސް ހިދުމަތް ދިނުމަކީ ޗެލެންޖެއް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 29, 2024, 05:54 PM
މާލެ ސިޓީ

ގައުމުގައި ހޮސްޕިޓަލުތަކެއް އެޅުމަކީ ފަސޭހަކަމަކަށް ވެދާނެ ކަމަށާ ނަމަވެސް އެ ހޮސްޕިޓަލުތަކުން ދޭން ޖެހޭ ހިދުމަތްތައް އުނިކަމެއް ނެތި ދިނުމަކީ ޗެލެންޖަކަށް ވެގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީންގެ ތާއިދާއެކު ރައްޔިތުންގެ މަޖިލީހަށް ނުކުންނަ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކަށް އަމާޒުކުރެއްވި ސުވާލުތަކެއްގެ ތެރެއިން ރައީސް ޔާމީން ވިދާޅުވީ ސިއްހީ ނިޒާމަކީ ގައުމެއްގައި އެންމެ ހަރުދަނާ އެއް ނިޒާމުކަމަށް ވާން ޖެހޭއިރު ނިމިދިޔަ ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވި އެއް ދާއިރާ އެއީ ކަަމަށާ އޭގެ ސަބަބުން ރައްޔިތުން ވަނީ އަސާސީ ހައްގަކުން މަހްރޫމުވެފައި ކަމަށެވެ.

އެކަންކަން ހަރުދަނާ ކުރާނެކަމުގައި ވައުދާއެކު އެމަނިކުފާނުގެ މެނިފެސްޓޯ ތަންފީޒު ކުރަން އައި ސަރުކާރެއް އޮތްއިރު ހޮސްޕިޓަލުތައް އެކި ކަންކޮޅުތަކުގައި އެކި ކަންކަމަށް އެޅުމަކީ އަދި ހައްލެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ސިއްހީ ދާއިރާގައި އެންމެ ބޮޑު ހަރަދެއް ދާނީ އިންވެސްޓްމެންޓަށާ ރިކަރަންޓް ހަރަދަށް. ހޮސްޕިޓަލެއް އެޅުމަކީ ވަރަށް ފަސޭހަކަމެއް އެކަމަކު. މެންޓެއިންކޮށް ހިދުމަތްދިނުމަކީ ޗެލެންޖަކަށް ނޫނީ ނުވާނެ.

ރައީސް ޔާމީން

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހޮސްޕިޓަލުތައް އެކި ކަންކަމަށް ޚާއްސަކޮށްގެން އަޅުއްވާނެކަމުގެ ވައުދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved