March 14, 2026
Advertisement
ރައީސަކަށް މުޅި ގައުމު ހިބައިން ނުލިބޭ: މަލީހު
ރައީސަކަށް މުޅި ގައުމު ހިބައިން ނުލިބޭ: މަލީހު / ރައީސް އޮފިސް

ރައީސަކަށް މުޅި ގައުމު ހިބައިން ނުލިބޭ: މަލީހު

Oct 3, 2025, 08:29 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށްވެސް މުޅި ގައުމު ހިތަކަށް ނުލިބޭ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އެމްޑީޕީއިން ސަރުކާރު ޒިންމާދާރު ކުރުވަން ކަމަށް ބުނެ މިރޭ ބާއްވަން ނިންމާފައިވާ ރެލީއަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ދިއުމަށް އިޝާރާތް ކުރައްވާ މަލީހު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި މަލީހު ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ބާއްވާ ސުލްހަވެރި އެއްވުންތަކާ މުޒާހަރާތަކަށް ސަރުކާރުން ހުރަސް އަޅައިގެން ނުވާނެ ކަމަށާ ފުލުހުންނަށް އޮންނަ ޒިންމާއަކީ އެ މުޒާހަރާތަކާ އެއްވުންތަކުގެ އަމަން ބަލަހައްޓާ މުޒަހާރާ ކުރިއަށް ގެންދިއުމަށް އެހީތެރިވެދިނުން ކަމަށެވެ.

ގާނޫނު އަސާސީ ބުނާ ގޮތަކީ ވެސް އެއީކަން ފާހަގަކުރައްވާ މަލީހު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލިބެނީ ގާނޫނު އަސާސީއިން ދިން ބާރަކާ ޒިންމާއެއް ކަމަށާ މުޅި ގައުމު ހިބަކޮށް ހިތަކަށް ރައީސަށް ގާނޫނު އަސާސީއިން ދީފައި ނުވާ ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން ގެންދަނީ އެމްޑީޕީގެ ރެލީއާ ދިމާކޮށް ފުލުހުން ލައްވާވެސް ތަފާތު ބަޔާންތައް އެމްޑީޕީއަށް ތުހުމަތަކެއް އަމާޒުވާ ގޮތަށް ނެރުވާ އަދި ސަރުކާރުގެ ކުންފުނިތަކާ އިދާރާތައް މެދުވެރިކޮށް އެ ގަޑިއާ އަދި ދުވަހުގެ އެކި އެކި ގަޑިތަކާ ދިމާކޮށް އެކި އެކި ހަރަކާތްތައް ރާވާ ހިންގުމަށް ތައްޔާރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved