March 16, 2026
Advertisement
އިބްރާހީމް ގާސިމް
އިބްރާހީމް ގާސިމް / ސޯޝަލް މީޑިއާ

އެމްޑީޕީން ބާއްވާ މުޒާހަރާގައި ބައިވެރިނުވާން ގާސިމްގެ ގޮވާލައިފި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 3, 2025, 09:10 PM
މާލެ ސިޓީ

އިދިކޮޅު އެމްޑީޕީން އިސްނަގައިގެން މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާގައި ރައްޔިތުން ބައިވެރިނުވާން ، މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު އަދު ޖުމްހޫރީ ޕީޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިި އެވެ.

Advertisement

މިއަދު ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ބަޔަކު ރާވައިގެން ބާއްވާ މުޒާހަރާގައި ޖޭޕީގެ އެއްވެސް މީހަކު ބައިވެރިނުވުމަށް އެދޭ ކަމަށާއި އެއީ ބިނާ ކުރަނިވި މުޒާހަރާއެއް ނޫން ކަަމަށެވެ. އަދި އެއީ ފަނާ ކުރަނިވި މުޒާހަރާއެއް ކަަމަށާއި އެއީ ވެރިކަން ހޯދަންވެެގެން ކުރާ ބޮޑު ނުބައި ކަމެއް ކަަަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މިރޭގެ މުޒާހަރާ ގާސިމް ސިފަކުރެއްވީ ގައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިޔަ ނުދީ ވެރިކަން ހޯދަން ފިތުނަ ކުރަން ވެގެން ކުރާ ނުބައި ކަމެއްގެ ގޮތުގައި އެވެ.


މި ސަރުކާރުން ނަގަން ޖެހިފައިވާ ދަރަނީގެ ޒިންމާއަކީ މީގެ ކުރިން ފާއިތުވީ ސަރުކާރުތަކުގައި ނަގާފައިވާ ދަރަނިތަކެއްގެ ޒިންމާކަމަށާއި، ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑު ބައި ހޭދަ ވަނީ ދަރަނި ދެއްކުމަށްކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މި ދަރަނި ނުދެއްކިއްޖެނަމަ މުޅި ގައުމު ބަނގުރޫޓުވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

ވީމާ މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން އެގެންދަވަނީ، ބާކީ މުސާރަތައްވެސް އެދެއްވަނީ އެގޮތް މިގޮތް ހޯދައިގެން

ގާސިމް ވިދާޅުވިއެވެ.

ގާސިމް އަކީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް އެހީތެރިވެދީ މި ސަރުކާރުގެ ކޯލިޝަން މެންބަރެކެވެ.

މީގެ އިތުރުން، މީގެ ކުރިންވެސް ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް ފެންމަތިވިއިރު އޭރުގެ ސަރުކާރުތަކުން މި މައްސަލަތައް ހައްލު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މުޒާހަރާއިން ނިކުންނާނެ ނަތީޖާއަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވެއްޓުންކަމަށް ގާސިމް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ތުރާލާ ކުރިމަތިވާނެކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވަނީ ގައުމު ހަލަބޮލި ކުރުމަށް މުޒާހަރާގައި ބައިވެރިނުވުމަށް އެދިވަޑައިގެންފައެވެ. ގައުމުގެ އަމާންކަން ގެއްލޭނެ ކަންކަން ނުކުރުމަށްވެސް މި ޕޯސްޓްގައި އެދިވަޑައިގެންފައިވެއެވެ.

ގާސިމް މި ސަރުކާރަށް ދައްކަން ޖެހޭ އެތަކެއް ދަރަނިތަކެއް މައާފުކޮށް ބަދަލަށް އެކި އެގްރީމެންޓްތައް ހިންގާފައިވާ ކަމުގެ ވާހަކަތައް މި ފަހުންވެސް ސޯޝަލް މީޑިއާގައި ފެތުރިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved